ދެ ގައުމުގެ ދެމެދުގައި ބަދަހިވަމުން އަންނަގުޅުން ފެނުމުން އުފާވޭ: ބީޖޭޕީ ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެ އާއި އިންޑިއާ އާއި ދެނެދުގައި ބަދަހިވަމުން އަންނަގުޅުން ފެނިވަޑައިގަތުމުން އުފާކުރައްވާ ކަމަށް އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ، މިނިސްޓަރ އޮފް ކެމިކަލްސް އެންޑް ފަރޓިލައިޒަރސް އަދި ބަރަތިޔާ ޖަނަތަ ޕާޓީ (ބީ.ޖޭ.ޕީ)ގެ ޤައުމީ ރައީސް، ޖޭ. ޕީ ނައްޑާ ވިިދާޅުވެއްޖެ އެވެ.

ބީޖޭޕީ ރައީސް މިހެން ވިދާާޅުވީ، ރާއީސް ޑރ. މުހައްމަދު މުއިއްޒުއާއި އެކު ކުރިޔަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މި ފުރަމާނަ ދަތުރުފުޅުގައި ކުރިއަށްދާ ބިނާކުރަނިވި މަޝްވަރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

އެ ދެބޭފުޅުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި، ސިއްޙީ ފަރުވާގެ ފެންވަރު ރަނގަޅުކޮށް އެ ޚިދުމަތުގައި ކުރުންތެރިކަން އިތުރުކުރުމުގެ ގޮތުން އެކި ދާއިރާތަކުން ޚާއްޞަ ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމާއި، ސިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރުމާއި، ޑިޖިޓަލައިޒްކުރުން ހިމެނެ އެވެ.

އެގޮތުން، ބީޖޭޕީގެ ޤައުމީ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރ ނައްޑާ ވަނީ، މަތީ ފަންތީގައި ފަންނީ މަޢުލޫމާތު ބަދަލުކުރުމަށް، ދިވެހިރާއްޖޭގެ ސަރުކާރު ހިންގާ ޕާޓީއަށް ދަޢުވަތު އަރުވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ