’ސާގަރް‘ ގެ ތަސައްވުރުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް: އިންޑިއާގެ ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

’ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިން ދަ ރީޖަން‘ ނުވަތަ ’ސާގަރް‘ ގެ ތަސައްވުރުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއްކަމަށް އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫ ވިދާޅުވެއްޖެ އެވެ.

ރައީސް މުރުމޫ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުން ބާއްވާފައިވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގަ އެވެ.

ރައީސް މުއިއްޒު އިންޑިއާގެ ރައީސް މުރްމޫއާ ބައްދަލު ކުރައްވާފައި މިވަނީ އިންޑިއާގެ ރައީސްގެ ދައުވަތަކަށް މިހާރު އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް މުއިއްޒާއި އެމަނިކުފާނާއެކު ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ރާޝްތުރަޕަތީ ބަވަން އަށް ވަޑައިގަތުމުން ރައީސް މުރުމޫ ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ރައީސް ވަނީ، ދިވެހިރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އެގޮތުން، އިންޑިއާއިން ގެންގުޅޭ ”ނޭބަހުޑް ފަސްޓް“ ސިޔާސަތުގައްޔާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ”ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން“ ނުވަތަ ”ސާގަރް“ގެ ތަސައްވުރުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއްކަމަށް އެކަމަނާ ވިދާޅުވި އެވެ.

އެގޮތުން ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއަކީ ދިވެހިރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު އުމްރާނީ މަޝްރޫއުކަން ފާހަގަކުރައްވައި، އިންޑިއާއިން ދިވެހި ރާއްޖޭގެ ތަރައްގީއަށް ދޭ އެހީ ފަރުމާކޮށްފައިވަނީ، އޭގެ ފައިދާ ރައްޔިތުންނަށް ފޯރާނެ ގޮތަށް ކަމަށް ރައީސް މުރުމޫ ވިދާޅުވި އެވެ. އިއްޔެ އިއުލާންކުރި ”ކޮމްޕްރިހެންސިވް ސެކިއުރިޓީ އެންޑް މެރިޓައިމް ޕާޓްނަރޝިޕް“ ގެ ދަށުން، ދޭދޭ ގުޅުން ހަރުދަނާކުރާނޭ އާ އޮނިގަނޑެއް ބިނާކުރެވޭނޭކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެ ތަރައްގީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގައި އިންޑިއާ ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް މުރުމޫ ވަނީ ދެއްވާފަ އެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތުދެއްވީތީ އިންޑިއާގެ ރައީސަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ގައުމުގެ ދެމެދުގައި މުތަގާބިލު މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ. އެގޮތުން ތައުލީމާއި، ބިނާރާއި، ފަތުރުވެރިކަން އަދި ސިއްހީ ދާއިރާ ހިމެނޭނޭ ފަދައިން ގިނަ ދާއިރާތަކުން ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އިންޑިއާއިން އަދާކުރާ ހައްސާސް ދައުރުގެ މައްޗަށްވެސް މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފަ އެވެ.

ކުރިއަށް އޮތް ތަނުގައި، ދެ ގައުމުގެ ދެމެދުގައި ގާއިމުވެފައިވާ ގުޅުން އިތުރަށް ހަރުދަނާކޮށް، މި ފުރަމާނަ ދަތުރުފުޅުގައި ފެށި މުއާމަލާތްތައް އެދެވޭ ގޮތެއްގައި ކުރިއަށްގެންދިއުމަށް، ރައީސް މުއިއްޒު އާއި ރައީސް ދުރުޕަދީ މުރުމޫ، މި ބައްދަލުކުރެއްވުމުގައި އެއްބަސްވެވަޑައިގެންނެވި އެވެ.

ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ، ރާޝްތްރަޕަތީ ބަވަންއަށް ޒިޔާރަތްކުރައްވާ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ