އިންޑިޔާއިން ސޯލާ ހަކަތައިގެ ދާއިރާއިން ރާއްޖެއަށް އެއްބާރުލުން ދޭން އެއްބަސްވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖެއާއި އިންޑިޔާ ގުޅިގެން ސޯލާ ހަކަތައާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން ދިނުމަށް އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ވެވުނު އެއްބަސްވުމެކެވެ.

އިންޑިޔާގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އެއްބާރުލުމުގެ ތެރޭގައި ތަމްރީނު ދިނުމާއި، ދެ ގައުމު ގުޅިގެން ދިރާސާ ހިންގުމާއި، ޓެކްނިކަލް ޕްރޮޖެކްޓްތަކާއި، އިންވެސްޓްމަންޓްތައް ޕްރޮމޯޓްކުރުން ހިމެނެ އެވެ. މި މަސައްކަތްތަކަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމާއި، ހަކަތައަށް ކުރާ ހަރަދު ކުޑަ ކުރުމާއި، ކާބަން ބޭރުވާ މިންވަރު މަދުކުރުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތްތަކެކެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ދެގައުމަށް ވެސް ބޮޑު ގޮންޖެހުމެއް ކަމަށާއި، އިންޑިޔާއިން ސޯލާ ހަކަތަ އާއި އެނާޖީ އެފިޝަންސީގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ރާއްޖެއާއި ހިއްސާކުރަން ތައްޔާރު ކަމަށެވެ.

މީގެ އިތުރުން، “ވަން ސަން ވަން ވޯލްޑް ވަން ގްރިޑް އިނިޝިއޭޓިވް” ގައި ރާއްޖެ ބައިވެރިވުމުގެ ފުރުސަތު ބަލައި ދިރާސާ ކުރުމަށް ވެސް ދެ ގައުމުން އެއްބަސްވެފައިވެ އެވެ. މި އިނިޝިއޭޓިވްއަކީ އިންޑިޔާ، ފްރާންސް އަދި އިނގިރޭސިވިލާތުން ތިމާވެށްޓާ ރައްޓެހި ގްރީން އެނާޖީ ގްރިޑެއް ބިނާކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި އެއްބަސްވުމަކީ ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެ އެވެ. އަދި މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފިޔަވަޅެއް ކަމަށްވެސް ފާހަގަކުރެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ