މޫސުމީ ބަދަލުތަކަކީ ޒުވާނުންގެ މަސްލަހަތާއިވެސް ގުޅިފައިވާ ކަމެއް: މިނިސްޓަރު ޠާރިޤު

Advertisement

Advertisement

އެންމެ ފަސް

Advertisement

މޫސުމީ ބަދަލުތަކަކީ ޒުވާނުންގެ މަސްލަހަތާއިވެސް ގުޅިފައިވާ ކަމެއް ކަމުގައި މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އިއްޔެ މިނިސްޓަރު މިގޮތަށް ވިދާޅުވީ ޔޫތު ޓްރެކް ޓު ކޮޕް 29 މޮކް ކޮޕް 2024 ގައެވެ. ކޮޕް29 ގެ މޮކް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިޤު އިބްރާހީމް ވަނީ މޫސުމީ ބަދަލުތަކަށް އަހުލުވެރި ރާއްޖެއެެއް ބައްޓަން ކުރުމުގައި ޒުވާނުންގެ ނަޒަރިއްޔާތުގެ އަގު ވަޒަންކުރައްވައި މޫސުމާ ބެހޭ ގޮތުން ފިޔަވަޅު އެޅުމަށް ޒުވާނުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މޫސުމީ ބަދަލަކީ މިގައުމަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި މިއީ މިހާރުގެ ޒުވާނުންގެ މަސްލަހަތާއިވެސް ގުޅިފައިވާ މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”ތިޔަ ޒުވާާނުންގެ މުސްތަގުބަލު ކަށަވަރު ކުރުމަށް އަޅުގަނޑުމެންނަށް އެޅެން އޮތް ފިޔަވަޅެއް އެޅި ނަމަވެސް، މި މަސްއޫލިއްޔަތު ތިބޭފުޅުންނާއި ހަމައަށް ލަސްކަމެއްނެތި އަންނާނެ“

ޒުވާނުންނަށް އަމާޒުކުރައްވައިގެން ދެއްކެވި ވާހަކައިގައި މިނިސްޓަރު ވަނީ މި މަސައްކަތަކީ ގޮންޖެހުމަކަށްވީ ނަމަވެސް މޫސުމީ ބަދަލުތަކަށް ހޭލުންތެރިވެ ތައްޔާރުވެތިބުމަށް ނަސޭހަތް ފޯރުކޮށްދެއްވާފަ އެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން އަޑު އުފުލައި، އަމަލީ ގޮތުންވެސް ސާބިތުވެ ތިބުމަށް ގޮވާލެއްވި އެވެ. ދެވަނަ ކަމެއްގެ ގޮތުގައި ތަފާތު ހިޔާލެއް ހުށަހެޅުމުގައި އެންމެ ފުރަތަމަ މީހަކަށް ވުމަށް ފަސްނުޖެހުމަށް އެދިވަޑައިގެންފއޮވެަ އެވެ. އަދި ރާއްޖެއަށް މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމުގެ ބާރު ޒުވާނުންގެ އަތްމަތީގައި އެބައޮތް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

ތިން ވަނަ ނަސޭހަތެއްގެ ގޮތުގައި މިނިސްޓަރު ވަނީ ބޮޑެތި ފުރުސަތުތައް ހޯދުމަށް ވިސްނުމަށް ވިދާޅުވެފަ އެވެ. ރައްޓެހިންނާއި ގުޅިގެންވިޔަސް ބައިނަލްއަގްވާމީ މަންސަތަކުގައިވެސް މޫސުމީ ކަންކަމުގައި ހަރަކާތްތެރިވެ، ޖަމާއަތެއްގެ ގޮތުގައި އަމަލުތައް ބިނާކުރުމަށް ގޮވާލައްވާފައި ވެއެވެ.

އެންމެ ފަހު ކަމެއްގެ ގޮތުގައި މިނިސްޓަރު ވަނީ ކަމާއި ގުޅުންހުރި މާހިރުންގެ ލަފާ ހޯދައިގެން އިލްމު ހޯދުމުގެ ލަޔާގަތު ހުންނަން ޖެހޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. ތިމާވެށްޓަށް ގެއްލުންދީ، މޫސުމީ ބަދަލުތަކުން ނޭދެވޭ އަސަރުތައް ކުރިމަތިކުރުވުމުގައި އިންސާނުން ހަދާ ގޯސްތަކުން ފިލާވަޅު ލިބިގަތުމަށްވެސް ގޮވާލައްވާފައި ވެއެވެ.

އަންނަ މަހުގައި ބާއްވާ ކޮޕް 29 ގައި ޒުވާނުން ދޭ ސްޓޭޓްމެންޓްއާއި ދޭތެރޭ ފައްސި އުންމީދުތައް ގެންގުޅުއްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޔުނިސެފް އިން ރާވާފައިވާ މި އިވެންޓަށް ތައްޔާރުވުމަށް ބާއްވާ މި ސެޝަނަކީ 3 ދުވަހަށް ދިގުދެމިގެންދާ ސެޝަނެކެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ