ކެޕޭސިޓީ ބިލްޑިން އަދި ޓްރެއިނިންގެ ދާއިރައިން އެއްބަސްވުމުގައި ސޮއިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކެޕޭސިޓީ ބިލްޑިން އަދި ޓްރެއިނިންގެ ދާއިރައިން ރާއްޖެ އާއި އިންޑިއާއިން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއައް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގަ އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގައި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ބޭނުންތަކަށް ހެޔޮގޮތުގައި ކެޕޭސިޓީ ބިލްޑިންގެ އެކިއެކި މަސައްކަތްތައް ވެސްވަނީ މުރާޖައާކޮށްފަ އެވެ.

އަދި ރާއްޖެއިން ބޭނުންވާ ކަންކަމާއި އިސްކަންދޭ ކަންކަމާ އެއްގޮތަށް ތަމްރީނާއި ކެޕޭސިޓީ ބިލްޑިން އަށް ސަޕޯޓް އިތުރަށް ފުޅާކުރުމަށް ދެފަރާތުން ވެސް ވަނީ އެއްބަސްވެފަ އެވެ.

އެއްބަސްވި ކަންކަމުގެ ތެރޭގައި:

  • ރާއްޖޭގެ ސިވިލް ސާވަންޓުންނާއި ލޯކަލް ގަވަރމަންޓް ރެޕްރެޒެންޓޭޓިވްސް އަށް ކަސްޓަމައިޒްޑް ޓްރޭނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން.
  • ރާއްޖޭގެ އިގްތިސާދުގައި ބައިވެރިވުން އިތުރުކުރުމަށް ރާއްޖޭގެ އަންހެން ވިޔަފާރިވެރިންނަށް ތަމްރީނުދީ، އެހީތެރިކަން ފޯރުކޮށްދީގެން އަންހެނުން އިސްކޮށް ތަރައްގީ ކުރިއެރުވުމަށް އާ ޕްރޮގްރާމެއް ފެށުން.
  • ޒުވާނުންގެ އިނޮވޭޝަން ޕޮޓެންޝަލް ބޭނުންކުރުމަށް ޜާއްޖޭގައި ސްޓާރޓްއަޕް އިންކިއުބޭޓަރ-އެކްސެލެރޭޓަރ އެއް ޤާއިމުކުރުމުގައި އެއްބާރުލުން ދިނުން.

މީގެ އިތުރުންވެސް އިތުރު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ