ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޙައްޖާއި ޢުމްރާއާ ބެހޭ ކޮންފަރެންސް މިމަހު 31 ގައި އޮންނާނެ ކަމަށް އިސްލަމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި ކޮންފަރެންސް އަކީ މީހުން ހައްޖަށް ގެންދިއުމުގެ ހިދުމަތްދޭ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ކޮންފަރެންސެއް ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ޝަހީމް ވިދާޅުވީ، މި ކޮންފަރެންސްގެ މަޤުޞަދަކީ ހައްޖާއި އުމްރާ އަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުން ކަމަށެވެ.
މި ކޮންފަރެންސް އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޙައްޖާއި ޢުމްރާއާ ބެހޭ ކޯންފަރެންސް އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް