ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މިއަދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީއާއެކު މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ.
ބައްދަލުވުމުގައި ދެ ލީޑަރުން މަޝްވަރާކުރެއްވި މައިގަނޑު ދާއިރާތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ޞިއްޙީ ދާއިރާއާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިއާދަކުރަނިވި ހަކަތައާއި، ކަނޑުގެ އެއްބާރުލުމާއި ސަލާމަތާ ގުޅޭ ކަންކަން ހިމެނެ އެވެ.
މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ޖުމްލަ 6 އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއާ ރުފިޔާގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ހިމެނެ އެވެ. އަދި ފުލުހުންގެ ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްފައިވާ އެއްބަސްވުމެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އޮތް އެކުވެރިކަން އިތުރަށް ހަރުދަނާކޮށް، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ދެ ޤައުމަށް ފައިދާވާނެ ގޮތަށް އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެވުނެވެ. މި ބައްދަލުވުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި އިތުރު ތަރައްޤީއަށް މަގުފަހިކޮށްދޭނެ ބައްދަލުވުމެއް ކަމުގައި ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ