ގަވާއިދާ ހިލާފަށް ގެންނަ ޖަނަވާރުތައް ނައްތައިލުމާއި، އަނބުރައި ފޮނުވައިލުމުގެ ހަރަދު ގެންނަ މީހުންގެ އަތުން ނަގަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް ގަވާއިދާ ޚިލާފަށް ގެންނަ ޖަނަވާރުތައް ނައްތާލުމާއި، އެތަކެތި ގެނައި ތަނަކަށް އަނބުރާ ފޮނުވާލުމުގެ ޚަރަދު އެތަކެތި ގެންނަ ފަރާތްތަކުގެ އަތުން ނެގޭގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.

މި ބަދަލު ގެނެވުނީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ޤާނޫނާ ޚިލާފަށް ވިއްކާ ތަކެއްޗާއި ގެންގުޅޭ ތަކެތި ފޮނުވާލުމާއި ނައްތާލުމާ ބެހޭ ގަވާއިދަށެވެ. މި ބަދަލު ގެނެސް، އެންވަޔަރަންމަންޓް މިނިސްޓްރީން ގެޒެޓްކުރީ އިއްޔެ އެވެ.

މި ބަދަލާ އެކު، ދިރޭ އެއްޗެއް ގެނައި ޤައުމަކަށް ފޮނުވާލާނަމަ، އެކަމާ ބެހޭ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭނީ އެތަކެތި ރާއްޖެއަށް ގެންނަ ފަރާތްތަކުން ނެވެ.

އާ އުސޫލުގެ ދަށުން، އެކަމަށް ބޭނުންވާ ލިޔެކިޔުމާއި، ޚަރަދާއި، އެހެނިހެން އިންތިޒާމުތައް ހަމަޖެއްސުމަށް ދައުލަތުން އަންގާތާ 7 ދުވަހުގެ ތެރޭގައި އެކަން ކުރަންޖެހޭނެ އެވެ. އަދި ގަވާއިދާ ޚިލާފަށް ގެންނަ ޖަނަވާރެއް މަރާލަން ނިންމައިފިނަމަ، އެ ޖަނަވާރެއް މެރުމުގެ ޚަރަދަށްވެސް ޒިންމާވާންޖެހޭނީ އެ އެއްޗެއް ރާއްޖެއަށް ގެނައި ފަރާތުން ނެވެ.

މި ގަވާއިދަށް ގެނެވުނު ބަދަލަށް އިއްޔެއިން ފެށިގެން ޢަމަލުކުރަން ފަށާ ފަށާފައިވެ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ