ރާއްޖެއާއި އިންޑިއާއިން ފްރީ ޓްރޭޑް އެގްރީމެންޓް މަޝްވަރާތައް ފަށަން އެއްބަސްވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއާ އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމަށް މަޝްވަރާތައް ފެށުމަށް ދެގައުމުން ނިންމައިފި އެވެ.

މިކަން އިއުލާނުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަ މޯދީއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އިންޑިއާއާއެކު ފްރީ ޓްރޭޑް އެގްރީމެންޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރާއްޖެއިން ބޭނުންވާކަން ހާމަކުރައްވާފަ އެވެ.

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އިގްތިސޯދީ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން ފްރީ ޓްރޭޑް އެގްރީމެންޓްގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އިންޑިއާއާއެކު ފްރީ ޓްރޭޑް އެގްރީމެންޓެއް ގާއިމު ކުރެވިއްޖެނަމަ ރާއްޖެއާ އިންޑިއާއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވިގެން ދާނެ އެވެ.

ރާއްޖެއިން ވަނީ ޗައިނާއާއެކުވެސް ފްރީ ޓްރޭޑް އެގްރީމެންޓެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެ އެއްބަސްވުމަށް އަމަލު ކުރަން ފަށާފައެއް ނުވެ އެވެ. މި ސަރުކާރުން އަންނަނީ ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓަށް އަމަލު ކުރަން ފެށުމަށް ތައްޔާރުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ