ރާއްޖެ ކޮންސިއުލޭޓެއް ބެންގަލޫރުގައި، އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް އިންޑިއާގެ ބެންގަލޫރުގައި އަދި އިންޑިއާގެ ކޮންސިއުލޭޓެއް ދިވެހިރާއްޖޭގެ އައްޑޫގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

މޯދީ މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި، އިންޑިއާގެ ވެރިރަށް ނިއު ދެއްލީގައި ދެ ލީޑަރުން ދެއްވި ޖޮއިންޓް ސްޓޭޓްމަންޓެއްގަ އެވެ. މި ދަތުރުފުޅަކީ އިންޑިއާގެ ރައީސާ ދްރޯޕަދީ މުރްމޫގެ ދަޢުވަތަކަށް އިއްޔެ ފެށިގެން ކުރިއަށްދާ ދަތުރުފުޅެކެވެ.

މޯދީ ވިދާޅުވި ގޮތުގައި އިންޑިއާއަކީ އެ ގައުމުގެ އަވަށްޓެރިންނަށް ކަމޭހިތާ ގައުމެކެވެ. އެގޮތުން، އިންޑިއާއިން ތަކުރާރުކޮށް ރާއްޖެއާ ގާތް ގުޅުމެއް ބާއްވައި، ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.

ދެ ގައުމުގެ ހާރިޖީ ގުޅުމުގެ ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ ބެންގަލޫރުގައި ދިވެހި ކޮންސިއުލޭޓެއް އަޅަން ނިންމާފައިވާ ކަމަށެވެ. އަދި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް ގާއިމުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މިހާރުވެސް އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިއަށް ގެންދެ އެވެ. އަދި ވެރިރަށް މާލެއަށްފަހު ދެން އެންމެ ގިނަ އިންޑިއާ މަސައްކަތްތެރިން ރާއްޖޭގައި މަސައްކަތް ކުރަނީވެސް އައްޑޫގަ އެވެ.

މިހާރުވެސް ރާއްޖޭގެ ކޮންސިއުލޭޓެއް އިންޑިއާގެ ޓްރިވެންޑްރަމްގައި ހުރެ އެވެ. އަދި ދެއްލީގައި ރާއްޖޭގެ ހައި ކޮމިޝަނެއް ގާއިމުކޮށްފައިވެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ހުންނަނީ ހުޅުމާލޭގަ އެވެ.

ނިމިދިޔަ ސަރުކާރުގައިވެސް އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ