އިންޑިއާގެ ރަސްތިރިޔާ ރަކްޝާ ޔުނިވާސިޓީ (އާރްއާރްޔޫ) އާއި ދެމެދު ވި އެއްބަސްވުމުގެ ސަބަބުން ފުލުހުންގެ ކެޕޭސިޓީ ބިލްޑިންގ އަށް އިންތިހާއަށް ބޮޑު ހިއްސާއެއް ލިބިގެންދާނެ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
ޝިފާން މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ އާރްއާރްޔޫ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެއްވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޝިފާންގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، ”ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ ހަޔާތުގައި އަނެއްކާވެސް މީ ބޮޑު ދުވަހެއް“ ގެ ގޮތުގަ އެވެ.
އެންސީޕީއެލްއީ އާއި އިންޑިއާގެ އާރްއާރްޔޫއާ ދެމެދުވި މި އެއްބަސްވުމުގެ ސަބަބުން ފުލުހުންގެ ތަމްރީނު ފޯރުކޮށްދޭ ޕްރިމިއާ ޕްރޮވައިޑަރަކަށް ވުމުގެ ގާބިލުކަމާއި، ކޮލެޖުގެ ގާބިލްކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށްވެސް ޝިފާންގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އިންޑިއާގެ ޒަމާނީ ތައުލީމީ މުއައްސަސާއެއް ކަމަށްވާ އާރްއާރްޔޫ އިން ޕޮލިސިންގ، އިންޓަރނަލް ސެކިއުރިޓީ، އަދި އެއާ ގުޅުންހުރި ދާއިރާތަކުން މަތީ ފެންވަރުގެ އެކަޑަމިކް ޕްރޮގްރާމްތައް ފޯރުކޮށްދޭއިރު، މިއީ ދެ ޤައުމަށްވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް ޝިފާން ވިދާޅުވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއިން އިންޑިއާ އާއެކު 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއާ ރުފީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމާއެކު އިތުރު 5 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ފުލުހުންގެ ކެޕޭސިޓީ ބިލްޑިންގ އަށް އަމާޒުކޮށްފައިވާ އެއްބަސްވުން ހިމެނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ދިވެހި ފުލުހުންގެ ޚިދުމަތް