ދުވާލަކު 10،661 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވޭ: ފެނަކަ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފެނަކައިން ބަލަހައްޓަމުން އަންނަ މީރުފެން އުފައްދާ ނިޒާމުތަކުން ދުވާލަކު 10،661 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން މިހާރު ލިބިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން ހާމަކުރި ގޮތުގައި، މިވަގުތު ޖުމްލަ 107 ރަށެއްގައި ފެނުގެ ޚިދުމަތް ދެމުން ގެންދާއިރު، 31،092 އަށްވުރެ ގިނަ ފެނުގެ ކަނެކްޝަން ބަލަހައްޓަމުން ގެންދެ އެވެ. މީގެ އިތުރުން، ޚިދުމަތަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމާއި، އިކުއިޕްމަންޓްތައް ސާވިސް ކުރުމާއި ފެނުގެ ކޮލިޓީ ތަހުލީލުކުރުމަކީ ވެސް ޑަބްލިއުއެސްއީޑީގެ ޒިންމާތަކެއް ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން އެންމެ އިސްކަމެއް ދެނީ މެދުނުކެނޑި 24 ގަޑިއިރު ފެން ފޯރުކޮށްދިނުމަށް ކަމަށް ބުނެފައިވާއިރު، މި ކަމަށް ހުރި ގޮންޖެހުންތައް ވެސް ގިނަކަމަށް ފާހަގަކޮށްފައިވެ އެވެ. ރާއްޖޭގެ ޖިއޮގްރަފީގެ ސަބަބުން ޚިދުމަތް ދިނުމަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމަކީ ގިނަ ވަގުތާއި އިތުރު ޚަރަދުތަކެއް ހިނގާ ކަމެއްކަން ވެސް ފެނަކައިން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، ރަށްރަށުގައި އޮތް ޑިމާންޑަށް ސަޕްލައި ކޮށްދެވޭނެ ވަސީލަތްތައް ޤާއިމުވެފައި ނެތުމަކީ ވެސް ޚިދުމަތް މެދުނުކެނޑި ދިނުމަށް އޮތް އަނެއް ގޮންޖެހުން ކަމަށް ފެނަކައިން ބުނެފައިވެ އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، އެންމެ އާރުއޯ ޕްލާންޓަކުން ޚިދުމަތްދޭ ރަށްރަށަށް އިތުރު ޕްލާންޓްތައް ހޯދުމުގެ މަސައްކަތް އެންވާރަމެންޓް މިނިސްޓްރީއާ ގުޅިގެން ޑަބްލިއުއެސްއީޑީން މިހާރު ކުރަމުންދާ ކަމަށް ފެނަކައިން މަޢުލޫމާތު ދީފައިވެ އެވެ. އަދި އަލަށް ގާއިމުކުރާ ނިޒާމުތަކުގައި ބިލުކުރުމަކާ ނުލައި ގިނަ ދުވަސްތަކެއް ވަންދެން ފެނުގެ ޚިދުމަތް ހިލޭ ދޭންޖެހުމަކީ ދެމެހެއްޓެނިވި ޚިދުމަތެއް ދިނުމުގައި ދިމާވާ ބޮޑު ގޮންޖެހުމެއްކަން ވެސް ފެނަކައިން ފާހަގަކޮށްފައިވެ އެވެ.

ފެނަކަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ