ރާއްޖެ-އިންޑިއާ ގުޅުމަށް 60 އަހަރު ފުރުމާއި ދިމާކޮށް މޯދީ ރާއްޖެ ވަޑައިގަންނަވަން ދައުވަތު އަރުވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވައިފި އެވެ.

ރައީސް، މޯދީއަށް ރާއްޖެ އައުމަށް ދައުވަތު އަރުވާފައިވަނީ މިއަދު އިންޑިއާގެ ބޮޑު ވަޒީރާއި އެކު ބޭއްވެވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި މުހާތަބުކުރައްވަމުން ނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ އިންޑިއާއިން މިހާތަނަށް ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ. އަވަށްޓެރި އިންޑިއާއިން ރާއްޖެއާއިއެކު ބާއްވާ ޒަމާންވީ ގުޅުމުގެ މައްޗަށް ރައީސްގެ ވާހަކައިގައި އަލިއަޅުވާލައްވާފައި ވެއެވެ.

އަންނަ އަހަރު ރާއްޖެއާއި އިންޑިއާއި ދެމެދު އޮންނަ ރަސްމީ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭނެ ކަމަށް ރައީސް މައުލޫމާތު ދެއްވި އެވެ. އެދުވަސް ފާހަގަކުރުމަށްޓަކައި ރައީސް ވަނީ މޯދީއަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފަ އެވެ.

މޯދީ މި ދައުވަތު ގަބޫލުކުރައްވައިފިނަމަ، އެ ދަތުރުފުޅު ވެގެންދާނީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ 3 ވަނަ ދައުރާއި ހަވާލުވެވަޑައިގަތް ފަހުން މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ. މީގެ ކުރިން މޯދީ ރާއްޖެ ވަޑައިގެންފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގަ އެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދްރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އިއްޔެ ފެއްޓެވި މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ