މަރާމާތަށްފަހު، މެޓް އޮފީހުގެ ޑޮޕްލަރ ރާޑަރު އަލުން ބޭނުން ކުރަން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ ޑޮޕްލަރ ރާޑަރު އަލުން ބޭނުން ކުރަން ފަށައިފި އެވެ.

މެޓް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މެ އިދާރާގައި ބޭނުންކުރާ ޑޮޕްލާ ވެދާ ރާޑަރު މަރާމާތު ކުރުމަށްފަހު އަލުން ބޭނުންކުރަން ފަށާފައިވާ ކަމަށް ބުނެފަ އެވެ.

”ޑޮޕްލާ ވެދާ ރޭޑަރަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލު ނުކުރެވި ގިނަދުވަސްތަކަކަށްފަހު މަރާމާތުކޮށް މިއަދު ބޭނުންކުރަން ވަނީ ފަށާފަ“

މި ރާޑަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް މޫސުން ބެލުމަށް ބޭނުންކުރެވޭފަދަ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ރާޑަރެކެވެ. މި ރާޑަރު ބޭނުންކޮށްގެން ހުޅުމާލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

މި ރާޑަރުގެ އެހީގައި ވާރޭ ވެހެމުންދާ ސަރަހައްދާއި ވާރޭވެހެމުންދާ ބޯމިން، ވާރޭވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި ބާރުމިން ފަދަ މައުލޫމާތުތައް ބަލާލެވޭނެ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ. އަދި ވިލާގަނޑު ވަކި ސަރަހައްދަކަށް ލައްވާލެވޭނެ ކަމަށް އަންދާޒާކުރެވޭ ވަގުތު (ނައުކާސްޓިން) ދެނެގަނެވޭނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ. އެއާއެކު، އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މައުލޫމާތު ދެނެގަނެވޭނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މިއީ މޫސުން ލަފާކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ފޯރުކޮށްދެވޭ ވަރަށް މުހިންމު މައުލޫމާތުތަކަކަށް ވެގެންދާނެ ކަމުގައި މެޓް އިން ބުންޏެވެ.

މި ރާޑަރު ގިނަ ދުވަސްތަކަކަށް ބޭނުންކުރެވޭ ގޮތަށް މަރާމާތު ކުރުމާއި ރާޑަރ ނެޓްވޯކް ފުޅާކޮށް ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ރާޑަރު ބަހައްޓާ މޫސުން ބެލުމާއި ދުރާލާ އިންޒާރުދޭ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަގެންދާ ކަމަށްވެސް މެޓް އިން ބުންޏެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ