އިންޑިއާގެ ރުޕޭގެ ހިދުމަތް ރާއްޖޭގައި ފަށައިފި

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގެ ރުޕޭގެ ހިދުމަތް ރާއްޖޭގައި ފަށައިފި އެވެ.

މި ހިދުމަތް ރާއްޖޭގައި ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަ މޯދީއާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

މި ހިދުމަތް ފެށުމަށް ފަހު ރުޕޭގެ ފުރަތަމަ ޓްރާންސެކްޝަން މިއަދު ވަނީ ހަދާފަ އެވެ. މި ޓްރާންސެކްޝަން ހަދާފައިވަނީ އޯތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގަ އެވެ.

މި ހިދުމަތާއެކު ރާއްޖެއަށް އަންނަ އިންޑިއާގެ ފަތުރުވެރިންނަށް ފަސޭހަކަމާއެކު އެ ގައުމުގެ ކާޑުން ހިދުމަތް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ހިދުމަތުގެ ސަބަބުން ރާއްޖެ އަންނަ އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިތުރު ވެގެން ދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ