ރާއްޖެއައް ކަނޑައަޅުއްވާފައި ހުންނަވާ އިނގިރޭސިވިލާތުގެ ޑެޕިއުޓީ ހައިކޮމިޝަނަރ އަލްފާޟިލް މުޙައްމަދު ޠޯފިޤް ވަހާބު، ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން، މިކަން ހާމަކޮށްފައި ވަނީ އެ މިނިސްޓްރީ އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި ބައްދަލުވުމުގައި އެ ދެބޭފުޅުން ވަނީީ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން (ޓީވީއީޓީ) ތަރައްޤީކުރުމާއި، ދިރާސާކުރުމާއި، ދެ ޤައުމުގެ ވަޒީފާގެ ހުނަރު އިތުރުކުރުމުގެ މުހިންމު ދާއިރާތައް ދިރާސާކޮށްފައިވެ އެވެ.
މި ބައްދަލުވުން އަލިއަޅުވާލައިފައި ވަނީ ދެ ގައުމުގެ ކުރިއަށް އޮތް މުސްތަގުމަލުގައި ދެގައުމުގެ މެދުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ނެވެ.
މީގެ އިތުރުން ވެސް މިނިސްޓަރ މާރިޔާ ގެންދަވަނީ، ތައުލީމީ ނިޒާމް ހަރުދަނާ ކުރެވުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުން ނެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް