ރައީސް މުއިއްޒު، އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ބާއްވަވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވައިފި އެވެ.

މި ބައްދަލުވުން ކުރިޔަށް ގެންދަނީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއައް ކުރަށްވަމުން ގެންދަވާ ފުރަމަނަ ދަތުރުފުޅުގެ ތެރެއިން ނެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި ކުރިއަށްގެންދެވުނު ރަސްމީ މަޝްވަރާތައް ބާއްވާފައިވަނީ، ހައިދަރާބާދު ހައުސްގަ އެވެ. އެއީ އެ ޤައުމުގެ ރައީސްގެ ދައުވަތަށް ވަޑައިގަންނަވާ މެހުމާނުން މަޑުކުރައްވާ ގެކޮޅު އެވެ.

ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދެ ޤައުމުން ބާއްވާ ޖޮއިންޓް ސްޓޭޓްމެންޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަން ހާމަކުރައްވާނެ ކަމަށް ބެލެވެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އިތުރުން، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ބައްދަލުވުމުގެ ތެރޭގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްވެސް މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިތުރު ތަފްސީލް އަންނަނީ………………..

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ