ގަވައިދާ ހިލާފުވުމުން އެމްއައިސީގެ ޖީއެމް މަގާމުން ވަކިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި އިންފްލައިޓް ކޭޓަރިންގެ ހިދުމަތް ދިނުމަށް 1988 ވަނަ އަހަރު އުފެއްދި މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑް (އެމްއައިސީ) ގެ ޖެނެރަލް މެނޭޖަރު ކޮކް ތެންގް އެންޖީ މަގާމުން ވަކިކޮށްފި އެވެ.

ކޮކް ތެންގް އެންޖީ ވަޒީފާއިން ވަކިކުރީ ކުންފުނީގެ ސިޔާސަތުތަކާ ހިލާފަށް އޭނާ މުދާ ގަނެ، ފެސިލިޓީތައް ބޭނުންކުރިކަން ހާމަވުމުން ނެވެ.

އެމްއައިސީގެ 65 އިންސައްތަ ހިއްސާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށުން އޮންނައިރު ސިންގަޕޫރު އެއާޕޯޓް ޓާމިނަލް ސާވިސަސް (އެސްއޭޓީއެސް) ލިމިޓެޑުގެ 35 އިންސައްތަ ހިއްސާ މި ކުންފުނީގައި އޮވެ އެވެ.

އެންޖީ މަގާމުން ވަކިކުރީ އެމްއައިސީއަށް ގެއްލުންވާ ގޮތަށް ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާކަން އެމްއޭސީއެލް އިން ކުރި އިދާރީ ތަހުގީގަކަށް އެނގުމުން ނެވެ.

ވަޒީފާގެ އެއްބަސްވުމާއި އެޗްއާރު ޕޮލިސީއާއި ޒީރޯ ޓޮލަރެންސް ޕޮލިސީއާއި މުވައްޒަފުންގެ އަތްފޮތާއި ކުންފުނީގެ ވަސީލަތްތައް ބޭނުންކުރުމާއި ތަކެތި ގަތުމުގައި އެހެނިހެން ގަވާއިދުތަކާ ހިލާފުވުމުން ސްޓީވް ންގްގެ އަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުމަކީ އެތައް މިލިއަން ޑޮލަރަކަށް އަރާނެ ގެއްލުމެއް ކަމެއް ކަމަށް ވެސް އެ މަސްދަރުން އިތުރަށް ބުނެ އެވެ.

އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެމްއޭސީއެލް އިން އަދި ހާމައެއް ނުކުރެ އެވެ.

އެންޖީ އަކީ ހޮސްޕިޓަލިޓީ އާއި ކާބޯތަކެތީގެ ސިނާއަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. ރާއްޖޭގެ އިތުރުން ސިންގަޕޫރު، މެލޭޝިއާ، ތައިލެންޑް، ވިއެޓްނާމް، އިންޑޮނޭޝިއާ، ސްރީލަންކާ އަދި ފިލިޕީންސްގައި ވެސް އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ.

އެމްއޭސީއެލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ