މުޅިރާއްޖޭގެ މޫސުން ގޯސްވެ، އުތުރާއި މެދު ރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެ، ދެކުނަށް ހުދު ސަމާލު، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރެފި އެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މިއަދު ހެނދުނު 10:00 އިން މެންދުރު 14:00 އަށެވެ.
އެ ސަމާލުގައި ބުނެފައި ވަނީ، ގަޑިއަކު 25 މޭކާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން، މެޓް އިން ހުދު ސަމާލު ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު ހެނދުނު 10:00 އިން މެންދުރު 14:00 އަށެވެ.
އެ ސަމާލުގައި މެޓް އިން ބުނެފައިވަނީ، އެ އަތޮޅުތަކަަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކޮށް މެޓް އިން ބުނީ، އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނު ސަރަހައްދުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، މުޅި ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓު އިން ބުނީ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ އިރު، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލާއި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ކަނޑުތައް ވަރަށް ގަދަވާނޭ ކަމަށް ލަފާކުރެވޭ ކަމަށާއި، އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލުމާތު ހޯދުމަށްވެސް މެޓުން އިލްތިމާސްކުރެ އެވެ.