ރައީސްގެ އިންޑިއާ ދަތުރުފުޅަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭނެ ފުރުސަތެއް: ގާސިމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސް، ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ލިބޭނެ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ، އިއްޔެ ރައީސް، މުއިއްޒު އިންޑިއާ އައް ވަޑައިގެންނެވުމާއި ގުޅިގެން އެކްސަގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ގާސިމް ވިދާޅުވެފައި ވަނީ، ރައީސް އިންޑިއާ ކުރައްވާ ދަތުރުފުޅުން އުންމީދީ އަދި އުފާވެރި ދުވަސްތަކެއް ކުރިއަށް އެބަ އޮތް ކަމަށެވެ.

ޤާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ދެގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވުމަށް ރައީސް އަށް އިލްތިމާސްކުރައްވާފަ އެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިގްތިސާދީ ތަރައްގީގެ އައު އުސްމިންތަކެއް ހާސިލުކުރުމަށް އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަކީ ވަރަށް ވެސް މުހިންމު ގުޅުމެއްކަަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

ރައީސް އިންޑިއާ އައް ކުރަށްވާ ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާގެ ވެރިރަށް ނިއުދެއްލީގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ބައްދަލުކުރައްވާފަ އެވެ. އަދި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އާ ވެސް ބައްދަލު ކުރައްވާފަ ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ ގާސިމް އިބްރާހިމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ