ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާ ސަރުކާރުން ހޫނު މަރުޙަބާއެއް ދަންނަވައިފި އެވެ.
ރާއިސް ޑރ. މުއިއްޒު އަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީބަވަންގަ އެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއައް އިންޑިއާގެ ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، ރަސްމީކޮށް މަރުޙަބާ ދެންނެވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.
އިންޑިއާގެ ރިޔާސީ ގަނޑުވަރުގެ ގޯތި ތެރޭގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވަނީ ދެ ޤައުމުގެ ޤައުމީ ސަލާމްކުޅެފަ އެވެ.
މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރޭގައި އިންޑިއާގެ އަސްކަރިއްޔާގެ ޚާއްސަ ހަރަކާތްތަކަކާއި، ސަޤާފީ ބައެއް ހަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރު ފުޅުގައި ރައީސް ވަނީ، އިންޑިއާއައް ކުރަށްވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދެއްލީގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ބައްދަލުކުރައްވާފަ އެވެ. އަދި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އާ ވެސް ބައްދަލު ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ