އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ރިސާޗް ޑްރައިވް ސޮސައިޓީއެއް އުފެއްދުމުގެ މަގުސަދުގައި “ރިވެލި 2024” ގެ ނަމުގައި ދިރާސާވެރިންނަށް ހާއްސަ މުބާރާތެއް އިއުލާންކޮށްފި އެވެ.
އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި މުބާރާތަކީ ރިސާޗަށް އާންމުންގެ ޝައުގުވެރިކަން އިތުރުކޮށް، ޕޯސްޓްގްރެޖުއޭޓް ދަރިވަރުންނަށް އެމީހުންގެ މަސައްކަތްތައް ދައްކާލުމުގެ ފުރުސަތު ހުޅުވާލާ މުބާރާތެކެވެ. އަދި އެއްވަނައަށް ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު، ހުރިހާ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތުގެ ބައިވެރިން 3 މިނެޓްގެ ތީސިސްއެއް ހުށަހަޅަން ޖެހެ އެވެ. މިއީ އައިޔޫއެމްގެ ޕޯސްޓްގްރެޖުއޭޓް ސްޓޫޑެންޓްސް ސެންޓަރު ފޯ ޕޯސްތްގްރެޖުއޭޓް ސްޓަޑީޒް އިން އިންތިޒާމްކުރި މުބާރާތެކެވެ. މި މުބާރާތުގެ ބައިވެރިންނަށް ސެޓްފިކެޓެއް ދިނުމަށް ހަމަޖެހިފައި ވެއެވެ.
އައިޔޫއެމް އިން ބުނީ “ރިވެލި 2024” ގެ ސަބަބުން ދިރާސާތަކަށް އިތުރު ޝައުގުވެރިކަމެއް އުފެދި، ދަރިވަރުންގެ ހޯދުންތައް ފުޅާ ދާއިރާއެއްގައި ހުށަހެޅުމުގެ ޕްލެޓްފޯމެއް ލިބިގެންދާނެ ކަމަށެވެ.
ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އައިޔޫއެމްގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ.