ކޮރަޕްޝަންގެ ތަހުގީގުތައް ހަރުދަނާކުރުމަށް ހޮންގ ކޮންގ އާއިއެކު ފަހުމުނާމާ އެއްގައި ސޮއިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކޮރަޕްޝަންގެ ތަހުގީގުތައް ހަރުދަނާކުރުމަށް ހޮންގ ކޮންގ އާއިއެކު ފަހުމުނާމާ އެއްގައި ރާއްޖެއިން ސޮއިކޮށްފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސި) އިން ބުނީ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ހޮންގ ކޮންގ ގެ އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން (އައި.ސީ.އޭ.ސީ) އާ ދެމެދު ފަހުމުނާމާއެއްގައި 10 ސެޕްޓެމްބަރުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި ފަހުމުނާމާގައި ސޮއިކުރީ، 2024 ސެޕްޓެންބަރު 10 ވަނަ ދުވަހު، ހޮންގ ކޮންގގެ އައި.ސީ.އޭ.ސީގެ މައި އިދާރާގަ އެވެ. އޭ.ސީ.ސީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލެވެ. އަދި އައި.ސީ.އޭ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ކޮމިޝަނަރ، ޑެނީ ޔެންގ މިންގ ވޫއެވެ.

ހޮންގ ކޮންގ ގެ އައި.ސީ.އޭ.ސީ އަކީ، ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތަހުގީގުކުރުމާއި ކޮރަޕްޝަން ވިޔަނުދިނުމުގެ (ޕްރިވެންޝަން) އިތުރުން ކޮރަޕްޝަނާއި ދެކޮޅަށް މުވައްޒަފުން ބިނާކުރުމުގައި ސަރަޙައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރެވޭ މުއައްސަސާއެކެވެ.

މި ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު، ރަސްމީކޮށް ފަހުމުނާމާ ދެ ކޮމިޝަނުގެ މެދުގައި ބަދަލުކުރެވިގެން ދިޔައީ 9 ވަނަ ބެލްޓް އެންޑް ރޯޑް ސަމިޓުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، ހޮންގ ކޮންގގެ ޗީފް އެގްޒެކެޓިވް ޖޯން ލީގެ ހާޒިރުގަ އެވެ.

 

މި ފަހުމުނާމާގެ ދަށުން ކުރިޔަށް ގެންދާ މައިގަނޑު ކަންތައްތަކަކީ:

1. ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތަހުގީގުތަކާއި ގުޅޭ މަޢުލޫމާތު ބަދަލު ކުރުން؛

2. ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށުގެ ސަބަބުން ގެއްލޭ މުދަލާއި ފައިސާ ހޯދައި އިޢާދަ ކުރުމުގައި އެކުގައި މަސައްކަތް ކުރުން؛

3. ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށްކުރާ ގޮތާ ގުޅޭ ކަންކަން ދެނެގަތުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި އެކަންތައްތައް ވިޔަނުދިނުމަށް (ޕްރިވެންޝަން) އެހީތެރިކަން ފޯރުކޮށްދިނުން؛

4. ކޮރަޕްޝަންގެ ކުށް ހުއްޓުވުމާއި ތަޙުޤީޤު ކުރުމާ ގުޅުންހުރި މުވައްޒަފުން ތަމްރީނުކުރުމުގައި އެހީތެރިކަމާއި އެއްބަރުލުން ދިނުން؛

5. ދެ ފަރާތް ގުޅިގެން ކޮރަޕްޝަނާއި މަނީ ލޯންޑަރިންގ ހުއްޓުވުމާއި މަނާކުރުމާ ގުޅުންހުރި ފޯރަމްތަކާއި، ސެމިނަރތަކާއި، ކޮންފަރެންސްތަކާއި ވަރކްޝޮޕްތައް ބޭއްވުމާއި އެފަދަ ކަންކަމުގައި ބައިވެރިވުން؛

6. ކޮރަޕްޝަނާއި މަނީ ލޯންޑްރިންއާއި ދެކޮޅަށް މަސައްކަތްކުރުމުގައި ”ބެސްޓް ޕްރެކްޓިސް“ތަކުގެ މަޢުލޫމާތު ބަދަލުކުރުމާއި، ދެކޮމިޝަން ގުޅިގެން ދިރާސާކުރުން؛

7. ދެ ފަރާތްގުޅިގެން މުޖުތަމަޢާއި ފަރުދުންނާއި މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުން؛

8. މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމާއި، ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ކުރާކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަންދިނުން؛

ފަހުމުނާމާގައި ސޮއެކުރެއްވުމަށްޓަކައި އައި.ސީ.އޭ.ސީއިން ދެއްވި ދައުވަތަށް އޭސީސީގެ ރައީސް ހޮންގ ކޮންގއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހުރިހާ ޚަރަދުތައް ހަމަޖައްސަވައިދެއްވާފައިވަނީ އައި.ސީ.އޭ.ސީ އިން ނެވެ.

 

ރާއްޖެ - ހޮންގ ކޮންގ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ