ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި ކަމަށް ދިވެހި ބަހާއި ތާރީހާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިގޮތަށް ވިދާޅުވީ ރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހަކީ ވަރަށް ތާރީހީ ދުވަހަކަށް ވާނެ ކަމަށެވެ. ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭނީ 2026 ވަނަ އަހަރުގަ އެވެ. އެހެންކަމުން އެހާތަނަށް ރާއްޖެއިން އެދުވަހުގެ ’ކައުންޓްޑައުން‘ އެއް ފަށާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
”އެހެންވީމަ، ރާއްޖެ އިސްލާމްވުމުގެ 900 އަހަރުވުމުގެ ކައުންޓްޑައުން ގުނުން މިއަދުން ފެށިއްޖެ ކަމަށް އަޅުގަނޑު ދަންނަވަން“
މިނިސްޓަރު އިއްޔެ ދައުލަތުގެ މީޑިއާއަށް މި އިންޓަވިއު ދެއްވީ އިއްޔެ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ނެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ. ދިވެހި ދައުލަތުން އިސްލާމްދީން ގަބޫލުކުރީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރުމަހުގައި ކަމަށް ދައުލަތުގެ ތާރީހީ ލިޔެކިޔުންތަކުން ދައްކަ އެވެ. ރާއްޖެ އިސްމާލްވީ ފަހުން މިހާރު 898 އަހަރު އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީ