އޭލެވެލް ކިޔަވާ 130 ދަރިވަރުން ޓީޗަރުކަމަށް ޝައުގުވެރިކަން

Advertisement

Advertisement

އެންމެ ފަސް

Advertisement

އޭލެވެލް ކިޔަވާ 130 ދަރިވަރުން ޓީޗަރަކަށްވުމަށް ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ އިއްޔެ ފާހަގަކުރި ޓީޗަރުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

ސަރުކާރުގެ ސްކޫލްތަކުގައި 10،000 އެއްހައި މުދައްރިސުން ހަރަކާތްތެރިވަމުން އަންނައިރު އެންމެ ބޮޑު ގޮންޖެހުމަކީ ޕްރައިމަރީ ކްލާސްތަކަށް ކިޔަވައިދޭ މުދައްރިސުންގެ އަދަދު މަދުވުންކަން ވަޒީރު ފާހަގަކުރެއްވި އެވެ.

“މިހާރުވެސް އަޅުގަނޑުމެންގެ ތައުލީމީ ނިޒާމުގައި ސަރުކާރުގެ ސްކޫލްތަކުގައި ގާތްގަނޑަކަށް 10،000 މުދައްރިސުން މަސައްކަތް ކުރައްވާ. ގޮންޖެހުންތަކަށް ބަލާއިރު އެންމެ ބޮޑު ގޮންޖެހުމެއް ދިމާވެފައިވާ ދާއިރާއަކީ ޕްރައިމަރީ ޓީޗަރުން މަދުވުމުގެ މައްސަލަ. އަދި ދިވެހި، އިސްލާމް، އެކި މާއްދާތައް ކިޔަވައިދޭ ޓީވަރުން މަދުކަން.” ޝަފީއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި މާއްދާ ހިމެނޭހެން ވަރަށް ބައިވަރު ޕްރައިމެރީީ މާއްދާތަކަށް ޓީޗަރުން މަދު ކަމަށެވެ. މިހާރު ޓީޗަރުން ތަމްރީން ކުރުމަށް ސަރުކާރުން ރާވާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ޕްރައިމެރީ ޓީޗަރުންނަށް ހާއްސަކޮށް ޕްރޮގްރާމް އަމާޒުކުރުމުން މި މައްސަލައަށް އެކަށޭނަ ހައްލެއް ލިބިގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. ޓީޗަރުން ތަމްރީން ކުރުމުގެ އިތުރުން ޕްރިންސިޕަލުންނަށްވެސް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ޝަފީއު ވިދާޅުވި އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެތަނުގެ މެންޑޭޓްގެ ތެރެއަށް ޕްރޮފެޝަނަލް ދާއިރާތަކުން މީހުން ތަމްރީން ކުރުން އިތުރުކުރުން ހިމަނުއްވާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އެތަނުގެ ޒަރީޔާއިން ރަށުގައި ތިބެގެންވެސް ޓީޗަރުންނަށް ތަމްރީން ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އޭލެވެލް އަށް ކިޔެވުމުގެ މަރުހަލާ ފަށާ ދަރިވަރުންގެ ތެރެއިން ޓީޗަރަކަށް ވާން ބޭނުންވާ ކުދިންނަށް 1،500ރ. ގެ އެލަވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ