ބައްސާމް އެދުނީ އެޕާޓްމެންޓް ފުލުހުންނާއި ހަވާލުކުރުމަށް އިތުރު ވަގުތަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެފްއޭއެމްގެ ފައިސާއިން ގަތް ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރުމަށް އިތުރު ވަގުތަށް އޭނާ އެދިއްޖެ އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްާމް ގަތް ދެ އަޕާޓްމެންޓު ފުލުހުންނާއި ހަވާލުކުރަން އެންގުމުން، ބައްސާމްގެ ފަރާތުން އެ ދެ އެޕާޓްމެންޓް ހުސްކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ފުލުހުންގެ ކިބައިން ލިޔުމަކުން އެދިފައިވާ ކަމަށެވެ. ބައްސާމްގެ ފަރާތުން އެދިފައިވަނީ އެޕާޓްމެެންޓް ހުސްކުރުމަށް މި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ވަގުތު ދިނުމަށެވެ.

ފުލުހުން ބުނި ގޮތުގައި މިހާރު އެ އިދާރާއިން އަންނަނީ ބައްސާމްގެ އެ ސިޓީއަށް ޖަވާބުދިނުމުގެ މަސައްކަތް ކުރަމުުން ކަމަށެވެ. ނަމަވެސް އެ ސިޓީއަށް ފުލުހުން ދިނުމަށް ނިންމި ޖަވާބެއް އެ އިދާރާއިން ހާމައެއް ނުކުރެ އެވެ.

އެ ދެ އެޕާޓްމެންޓް ހުސްކޮށް، ފުލުހުންނާއި ހަވާލުކުރުމަށް ކޯޓުން ދީފައިވާ މުއްދަތަކީ މިއަދުގެ ނިޔަލަށެވެ.

ފުލުހުން ބުނާ ގޮތުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެފްއޭއެމްއިން ނެގި ލޯނެއްގެ ފައިސާ ބޭނުންކޮށްގެން، ބައްސާމް ހުޅުމާލެއިން ގަނެފައިވަނީ އަމީން ކޮންސްޓްރަކްޝަންގެ ދެ ފްލެޓެވެ. އެއީ އަމީން އެވެނިއުގެ A1205 އާއި A1206 ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްއިން ޖުމްލަ 3,084,000 ރުފިޔާ ޚަރަދުކޮށްފައިވެ އެވެ. މި ފައިސާއަކީ އެފްއޭއެމްއިން ޑޮލަރު މާރުކުރުމަށް އެކި ކުންފުނިތަކަށް ފޮނުވި ޔޫއެސް ޑޮލަރަށް ލިބުނު ރުފިޔާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ބައްސާމްއާއި އެފްއޭއެމްގެ ކުރީގެ ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް މުޙައްމަދު އަގީލްގެ މައްޗަށެވެ. މީގެ އިތުރުން، އަމީން ކޮންސްޓްރަކްޝަންގެ މައްޗަށްވެސް ދަޢުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާއިރު، އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.

ބައްސާމް އަދިލް ޖަލީލް ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ