މި ފެށޭ ހަފްތާގައި ކަނޑުއޮތްގިރީގެ އުފެއްދުންތައް ލިބޭނެ: މިފްކޯ

Advertisement

Advertisement

އެންމެ ފަސް

Advertisement

މި ފެށޭ ހަފްތާގައި ކުރިން ކަނޑުއޮތްގިރީގައި އުފެއްދިތަކެތި ލިބޭނެ ކަމަށާއި، އެ އެއްޗިހި ސަޕްލައި ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯ އިން މިހެން ބުނީ، މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ.

އެގޮތުނ،ް ކަނޑުއޮތްގިރީގައި ހުރި މަސް ބަންދުކުރާ ފެކްޓުރީ ވަގުތީގޮތުން ބަދަލު ކުރަނީ ޅ. ފެލިވަރަށެވެ.

ކުރިން މިފްކޯއިން ބުނެފައި ވަނީ، ފެކްޓަރީ ރީލޮކޭޓްކުރުމުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށާއި، މިހާރު ކުރަމުންދަނީ ބާކީ ހުރި ޕްރޮޑަކްޝަނަށް ބޭނުންވާ ސާމާނު ކަނޑުއޮތްގިރިން ބޭލުމުގެ މަސައްކަތް ކަމަށެވެ.

ކުރިން ކަނޑުއޮތްގިރި ހުސްކުރަން ދިފައި ވަނީ ސެޕްޓެންބަރު 15 އެވެ. އެހެން ނަމަވެސް މިހާރު މި މުއްދަތުވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެމްއެންޑީއެފުން އިތުރުކޮށްދީފައިވެ އެވެ.

ކަނޑުއޮތްގިރީގައި މިފްކޯއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތައް ހުއްޓާލައި އެތަން އެމްއެންޑީއެފްއަށް ހަވާލުކުރީ މިދިޔަ މަހުގެ 4 ވަނަ ދުވަހު އެވެ.

އެހެން ނަމަވެސް، ކަނޑުއޮތްގިރި ހުސްކުރުން ލަސްވަނީ ހެވީ ޑިއުޓީ އެކިއުޕްމަންޓް ހިމެނޭ މުދާތައް އެތަނުގައި ހުރުމުގެ ސަބަބުން ކަމަށް މިފްކޯއިން ބުނެފައިވެ އެވެ. މި ތަކެތި ނެގުމަށް ކްރޭނާއި ލޭންޑިން ކްރާފްޓް ބޭނުންކުރަންޖެހޭ ކަމަށްވެސް މިފްކޯއިން ފާހަގަކޮށްފައިވެ އެވެ.

ކަނޑުއޮތްގިރި އެމްއެންޑީއެފަށް ދޫކުރުމާ ގުޅިގެން، ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ހުޅުމާލެއިން ބިމެއް ހޯދައި އެތަން ތަރައްގީ ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޝިޔާމް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެ އެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި، ކަނޑުއޮތްގިރިއަށް ދާން ޖެހުމުން މަސްވެރިންނަށް ހަރަދު ބޮޑުވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ