ސޯނަމް ކަޕޫރް ޗުއްޓީީއަށް ރާއްޖެއަށް

Advertisement

އެންމެ ފަސް

Advertisement

ބޮލީވުޑްގެ މަޝްހޫރު ފަންނާނު ސޯނަމް ކަޕޫރް ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖެ އައި ދުވަހެއް އަދި ހާމަކޮއްފައި ނުވިނަމަވެސް އޭނާގެ ފޭސްބުކްގައި ހިއްސާކުރި ފޮޓޯއެއްގެ ކެޕްޝަންގައި އޭނާ ވަނީ ”ހެލޯ ފްރޮމް މޯލްޑިވްސް“ ލިޔެފަ އެވެ. ސޯނަމް ޗުއްޓީ ހޭދަކުރަމުން ދަނީ ”’ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓް“ގައި އެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސޯނަމް ޗުއްޓީއަށް އައިސްފައިވަނީ ފިރިމީހާ، އާނަންދު އަހޫޖާއާއި ދަރިފުޅާއެކުއެވެ. ނަމަވެސް އެމީހުންގެ ފޮޓޯތައް އަދި ހިއްސާ ކޮށްފައެއް ނުވެ އެވެ.

ސޯނަމްއާއި އޭނާގެ ފިރިމީހާ އަހޫޖާ އެންމެ ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވަނީ 2019 ވަނަ އަހަރުގައެވެ.

2007 ވަނަ އަހަރު ”ސާވަރިޔާ“ ފިލްމުން ބޮލީވުޑަށް ތައާރަފްވި ސޯނަމް، 39، އަކީ ހަމަ އެ އިންޑަސްޓްރީގެ ގިނަ ދުވަސްވީ ބަތަލު އަނިލް ކަޕޫރްގެ ދޮށީ ދަރިފުޅެވެ. އޭގެ ފަހުން ބޮލީވުޑްގައި މަގްބޫލުކަން ހޯދާފައިވީ ނަމަވެސް، 2018 ވަނަ އަހަރު އިންޑިއާގެ ވިޔަފާރިވެރިއެއް ކަމުގައިވާ އަހޫޖާއާއި ކައިވެނިކުރި ފަހުން އޭނާ ވަނީ ފިލްމީ ދާއިރާއާއި ދުރަށް ޖެހިލާފަ އެވެ.

ބޮލީވުޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ