އައްޑޫ ފޭދޫގައި ފެންބޮޑުވުމާ ގުޅިގެން ސިފައިން މަގުތަކުގައި ހަރަކާތްތެރިވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީ ފޭދޫގައި މިއަދު ބޯކޮށް ވާރޭވެހި، ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ފެން ހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފި އެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި، ފޭދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު 6:40 ގަ އެވެ. މި މަސައްކަތުގައި ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެންޑީއެފްއިން ހާމަކުރި އެވެ.

މޫސުމާބެހޭ އިދާރާއިން މިއަދު ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް ހުދު ސަމާލުކަން ނެރެފަ އެވެ. މި ސަރަހައްދަށް މެންދުރު 12:30 އިން ފެށިގެން މިރޭ 18:30 ގެ ނިޔަލަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ބޯކޮށް ވާރޭވެހުމާއެކު ގުގުރުމާއި ވިދުވަރު އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކުރެވޭކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފައިވެ އެވެ.

އިއްޔެ މޫސުމާބެހޭ އިދާރާއިން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ސ. ގަމަށެވެ. ގަމަށް 129.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ދެވަނައަށް އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ހަމަ އެ ސިޓީގެ ހިތަދޫއަށެވެ. ހިތަދޫއަށް އިއްޔެއާއި މިއަދާ ދެމެދު 70.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރިކޯޑުކުރެވިފައިވެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ މި ވިއްސާރައިގައި އިތުރު ސަރަހައްދުތަކަށްވެސް ވާރޭވެހި، ފެންބޮޑުވުމުގެ މައްސަލަތައް ދިމާވެދާނެކަމަށް ބެލެވެ އެވެ. އަދި ކަމާބެހޭ އިދާރާތަކުން ރައްޔިތުންނަށް އަންގާފައިވަނީ މޫސުމަށް ސަމާލުވެ، ރައްކާތެރިކކަމުގެ ފިޔަވަޅުތައް އެޅުމަށެވެ.

އައްޑޫ ސިޓީ އެމްއެންޑީއެފް މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ