ރައީސް، މުދައްރިސުން ސިފަކުރެއްވީ އުއްބައްތިތަކެއް ފަދަ ބައެއް ގޮތުގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

މުދައްރިސުންނަކީ އުއްބައްތިތަކެއް ފަދަ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޓިޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މި ޕޯސްޓުގައި ރައީސް ވަނީ މުދައްރިސުންނަކީ އުއްބައްތިތަކެއް ފަދަ ބައެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އުއްބައްތި އެހެން މީހުންނަށް އަލިކުރުމަށްޓަަކައި ވިރިގެންދާ ކަމަށެވެ. އޭގައިވާ ހުޅުކޮޅުން އެތައް ހާސް ބައްތިއެއް ދިއްލާލެވިދާނެ ކަމުގައި ވިދާޅުވި އެވެ.

”ކޮންމެ މީހަކު އެ އަލިކަމުގެ ތެރެއިން އަމިއްލައަށް ކުރިއަށް ދިއުމަށްޓަކައި“

މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހުގެ އިތުރުން މުދައްރިސުންގެ ދުވަސްކަމުގައި ވާތީ މުދައްރިސުންނާ މުޚާޠަބުކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިންސާނިއްޔަތާއި، އަޚުލާޤާއި، މައުނަވީ ހަރުދަނާކަން މިއަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ. އަދި ދިވެހި ދަރީންނަކީ ދިވެހި ޤައުމިއްޔަތަށް އަހުލުވެރި، ދިވެހީންގެ ހަރުދަނާ، މާތް ސިފަތަކުން ޒީނަތްތެރިވެފައިވާ، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްއޫލިއްޔަތު އުފުލުމުގައި ޝައުޤާއި ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުދުމަށް މުދައްރިސުން މަސައްކަތްކުރުމަށް އެދިވަޑައިގަތެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު 5 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޢާރަކީ “ވެލިއުއިން ޓީޗާސް ވޮއިސަސް: ޓުވާޑްސް އަ ނިއު ސޯޝަލް ކޮންޓްރެކްޓް ފޯރ އެޑިއުކޭޝަން” (ޓީޗަރުންގެ އަޑުގެ ގަދަރު ކުރުން: ތަޢުލީމަށް ކުރެވޭ އާ އިޖުތިމާޢީ އެއްބަސްވުމެއް) އެވެ. މި ޝިޢާރުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މުދައްރިސުންގެ ވާހަކަ އަޑުއަހައި ތަޢުލީމީ ސިޔާސަތުތަކާއި އުސޫލުތައް ބައްޓަންކުރުމުގައި އެމީހުން ބައިވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

މި ދުވަހާ ގުޅިގެން ރައީސް ފޮނުއްވި މެސެޖުން، މުދައްރިސުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވައި، ގައުމުގެ ކުރިމަގު ބިނާކުރުމުގައި އެ ބޭފުޅުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައިވާކަން ފާހަގަކުރެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މުދައްރިސުންގެ ދުވަސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ