ރައީސް މުއިއްޒުގެ އިންޑިޔާ ދަތުރުފުޅަށް ކުލަގަދަ މަރުހަބާއެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރައްވަން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅަށް އިންޑިޔާއިން ހޫނު މަރުހަބާއެއް ދެންނެވުމުގެ ތައްޔާރީތައް ފަށައިފިކަމަށް އިންޑިޔާގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އިންޑިޔާގެ ވިއޯން ނޫހުން އެކްސްއަށް ދޫކުރި ފޮޓޯތަކުގައި ވަނީ އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގެ މަގުތަކުގައި އިންޑިޔާއާއި ދިވެހިރާއްޖޭގެ ދިދަތައް ޖަހާފައިވާ މަންޒރު ދައްކުވައިދީފަ އެވެ. މި ދިދަތައް ވަނީ މަގުމަތިން ދާ މީހުންނަށް ފެންނަ ގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބައެއް ބިންތަކުގައި ޖަހާފަ އެވެ.

ރައީސް މުއިއްޒު އިންޑިޔާއަށް ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މި ދަތުރުފުޅަކީ އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ރައީސް މުއިއްޒު އިންޑިޔާގެ ރައީސްގެ އިތުރުން އެ ޤައުމުގެ ބޮޑުވަޒީރާއި އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅުގެ މެހެމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވައިދެއްވާނީ އިންޑިޔާ ސަރުކާރުން ނެވެ. ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ އަވައްޓެރި އިންޑިޔާއާއެކު ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރައްވަމުން ނެވެ. މީގެ ކުރިން ވެސް އެ މަނިކުފާނު ވަނީ ”ކޮޕް-28“ ގެ ހަވާސާގައި އިންޑިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކުރައްވާފަ އެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދަ މޯދީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައިވެސް އިންޑިޔާގެ ރައީސްއާ ބައްދަލުކުރައްވާފައިވެ އެވެ.

މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަންން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ