އުނގެނުމާއި އުނގަންނައިދިނުމަކީ ގައުމެއްގެ ކުރިމަގާއި ގުޅިފައިވާ އަސާސެއް: ނައިބު ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

އުނގެނުމާއި އުނގަންނައިދިނުމަކީ ގައުމެއްގެ ކުރިމަގާއި ގުޅިފައިވާ އަސާސެއް ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރެވޭ ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޝާއިޢުކުރެއްވި ޚާއްޞަ މެސެޖެއްގަ އެވެ.

ނައިބު ރައީސްގެ މެސެޖްގައި އުނގެނުމާއި އުނގަންނައިދިނުމަކީ ގައުމެއްގެ ކުރިމަގާ ގުޅިފައިވާ އެންމެ މުހިންމު އެއް އަސާސް ކަމުގައި ފާހަގަކުރައްވާފައިވެ އެވެ. އަދި ޢިލްމާއި ޙިލްމު ހުރި ހަރުދަނާ ގާބިލް ޖީލުތަކެއް ބިނާކުރުމަށް މުދައްރިސުން ކުރަމުންދަނީ އަގު ނުކުރެވޭފަދަ މުހިންމު ޚިދުމަތެއްކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

“މި ޚިދުމަތް ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާ އެކު” ނައިބު ރައީސް ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެ އެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު 5 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޢާރަކީ “ވެލިއުއިން ޓީޗާސް ވޮއިސަސް: ޓުވާޑްސް އަ ނިއު ސޯޝަލް ކޮންޓްރެކްޓް ފޯރ އެޑިއުކޭޝަން” (ޓީޗަރުންގެ އަޑުގެ ގަދަރު ކުރުން: ތަޢުލީމަށް ކުރެވޭ އާ އިޖުތިމާޢީ އެއްބަސްވުމެއް) އެވެ. މި ޝިޢާރުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މުދައްރިސުންގެ ވާހަކަ އަޑުއަހައި ތަޢުލީމީ ސިޔާސަތުތަކާއި އުސޫލުތައް ބައްޓަންކުރުމުގައި އެމީހުން ބައިވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

މި ދުވަހާ ގުޅިގެން ނައިބު ރައީސް ފޮނުއްވި މެސެޖުން، މުދައްރިސުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވައި، ގައުމުގެ ކުރިމަގު ބިނާކުރުމުގައި އެ ބޭފުޅުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައިވާކަން ފާހަގަކުރެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް މުދައްރިސުންގެ ދުވަސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ