ނުރައްކާތެރިކޮށް ލޯންޗްތަކެއް ދުއްވި މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް އައިސްފި އެވެ.
ފުލުހުން މިއަދު ބުނީ ރާއްޖޭގައި ނުރައްކާތެރިކޮށް ލޯންޗްތަކެއް ދުއްވި މައްސަލައެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަން ފުލުހުންނަށް އެނގިފައިވާ ކަމަށެވެ.
ވީޑިއޯގައި ހިމެނޭ ލޯންޗްތަކަކީ އޮގަސްޓް 13 ވަނަ ދުވަހު އއ. އަތޮޅަށް ދަތުރުކުރި ލޯންޗްތަކެއް ކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ. ނަމަވެސް، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުން ނެވެ.