މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުމަށް، އައުޓްރީޗް ޕްރޮގްރާމެއް އަތޮޅު ތެރެއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލޭއް ބިނާކުރުމަށް، ވާރލްޑް ބޭންކުގެ އެހީގައި މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ފެށި ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ އައުޓްރީޗް ޕްރޮގްރާމް މި މަހު 7 ގައި އަތޮޅު ތެރޭގައި ފެށުމަަށް ހަމަޖެހިއްޖެ އެވެ.

މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ބުނީ އައުޓްރީޗް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ލ އަތޮޅުން ކަމަށެވެ. އެގޮތުން، މި މަހު 7 އިން 10 އަށް ލ. ހިތަދޫ، ފޮނަދޫ އަދި ގަމަށް ސެއިލްސް އަދި ނޭޝަނަލް ކެރިއަރސް ސަރވިސް ގެ ޓީމެއް ދަތުރުކުރާނެ ކަމުގައި ބުނެފައި ވެއެވެ.

އަތޮޅު ތެރެއަށް ކުރާ މި ދަތުރުތަކުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ރަށުގެ ޒުވާނުންނާއި، ވިޔަފާރިވެރިން، އަދި އަމިއްލަ ޖަމްއިއްޔާތަކާ ބައްދަލުކޮށް ސެއިސްލް ޕްރޮޖެކްޓުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން، ނޭޝަނަލް ކެރިއަރސް ސާރވިސް (އެން.ސީ.އެސް) ގެ ޚިދުމަތްތަކުގެ މަޢުލޫމަތު ފޯރުކޮށްދީ, އެން.ސީ.އެސް ޕޯޓަލް އަހުލުވެރިކޮށް، ވަޒީފާ ހޯދާފަރާތްތަކާއި ވިޔަފާރިވެރިން، އެން.ސީ.އެސް ޕޯޓަލްގައި ރަޖިސްޓަރީ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.

އެން.ސީ.އެސްގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކެރިއަރ ގައިޑެންސް ގެ ހިދުމަތް ދަރިވަރުންނާއި، އެފަރާތްތަކުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، މަދުރަސާ ނިންމުމަށްފަހު ވަޒީފާގެ ބާޒާރަށް ނުކުންނަން ތައްޔާރުވާ ފަރާތްތަކާއި، ވަޒީފާއަދާ ކުރަން ފެށުމަށްފަހުވެސް މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދޭނެ އިންތިޒާމް ފަހިކޮށްދިނުމުގެ މަސައްކަތް މިހާރުވާ މިނިސްޓްރީން ވަނީ ފަށާފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ މަސައްކަތުގެ ބާޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް، ވަޒީފާއަށް ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށްދިނުމަށް ސެއިލްސް ޕްރޮޖެކްޓުން ޕްރޮގްރާމްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެއާއެކު، ދައުލަތުގެ ކަމާބެހޭ އިދާރާތަކާ, އަމިއްލަ ވިޔަފާރިތަކާ އަދި ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިން އިތުރުކުރުމަށާ، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް، އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ.

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ