ގެދޮރާއި އުމްރާނީ ތަރައްޤީގެ ގޮތުން ޤައުމު ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުންވެސް ޤައުމު ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހުގެ އިތުރުން މުދައްރިސުންގެ ދުވަސްކަމުގައި ވާތީ މުދައްރިސުންނާ މުޚާޠަބުކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިންސާނިއްޔަތާއި، އަޚުލާޤާއި، މައުނަވީ ހަރުދަނާކަން މިއަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ. އަދި ދިވެހި ދަރީންނަކީ ދިވެހި ޤައުމިއްޔަތަށް އަހުލުވެރި، ދިވެހީންގެ ހަރުދަނާ، މާތް ސިފަތަކުން ޒީނަތްތެރިވެފައިވާ، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްއޫލިއްޔަތު އުފުލުމުގައި ޝައުޤާއި ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުދުމަށް މުދައްރިސުން މަސައްކަތްކުރުމަށް އެދިވަޑައިގަތެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތުގައި ޢާންމު ރައްޔިތުންގެ އެއްބާރުލުންވެސް ވަރަށް މުހިންމެވެ. އަދި މިފަދަ ދަރީންތަކެއް ބިނާކުރުމަށްޓަކައި، އަޚުލާޤީ ގޮތުން އާރާސްތުކުރަންޖެހޭ އެތައް ކަމެއް އެބަހުރި ކަމަށް ވިދާޅުވި އެވެ. ހަމައެހެންމެ، ކީރިތިީ ޤުރުއާނުން އެނގޭ ފަދައިން ޙާލަތު ބަދަލުކުރުމަކީ ދިވެހިންގެ އަމިއްލަ މަސްއޫލިއްޔަތެއްކަންވެސް ރައީސް ހަނދުމަކޮށްދެއްވި އެވެ.
ފިކުރާއި ސިކުނޑީގެ ގޮތުން ޤައުމު ބިނާކުރުމުގެ ޝިޢާރަކީ ރައީސް މުޢިއްޒު ތަކުރާރުކުރައްވަމުން ގެންދަވާ ޝިޢާރެއް ކަމެވެ. މިއަހަރުގެ ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައިވެސް ރައީސް ވިދާޅުވެފައިވަނީ، ދިވެހި ސަރުކާރުގެ ފަލްސަފާއަކީ، ޤައުމު އާރާސްތުކޮށް ބިނާކުރާ ފަދައިން، ޤައުމުގެ ކޮންމެ ރައްޔިތަކުވެސް ހެޔޮގޮތުގައި ބިނާކޮށްދިނުން ކަމުގަ އެވެ.
ފިކުރާއި ސިކުނޑީގެ ގޮތުން ޤައުމު ބިނާކުރުމުގެ ޝިޢާރަކީ ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރައްވަމުން ގެންދަވާ ޝިޢާރެކެވެ. މިއަހަރުގެ ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ސަރުކާރުގެ ފަލްސަފާއަކީ، ޤައުމު އާރާސްތުކޮށް ބިނާކުރާ ފަދައިން، ޤައުމުގެ ކޮންމެ ރައްޔިތަކުވެސް ހެޔޮގޮތުގައި ބިނާކޮށްދިނުންކަމުގައި ވިދާޅުވެފަ އެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤައުމުގެ މުސްތަޤުބަލް ބިނާވެގެންދާނީ މިއަދުގެ ޒުވާނުންގެ މައްޗަށެވެ. އެހެންކަމުން، ޒުވާނުންނަށް ރަނގަޅު ތަޢުލީމެއް ދިނުމާއެކު، އެމީހުންގެ ފިކުރީ އަދި ރޫޙާނީ ދުޅަހެޔޮކަމަށްވެސް އަހައްމިއްޔަތުކަން ދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން، މުދައްރިސުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވައި، އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި މުދައްރިސުންގެ ދައުރު މުހިންމުކަން ފާހަގަކުރައްވައި، އެ ބޭފުޅުންނަށް އިތުރު ތަމްރީނާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މުދައްރިސުންގެ ދުވަސް