ދިވެހިންގެ ދިރިއުޅުމުގެ ހަގީގަތާއި އަސާސްތައް ފެށިގެން އަންނަނީ އިސްލާމްދީނުން: އާދަމް ނަސީރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިންގެ ދިރިއުޅުމުގެ ހަގީގަތާއި އަސާސްތައް ފެށިގެން އަންނަނީ އިސްލާމްދީނުން ކަމުގައި ދިވެހި ބަހާއި ތާރީހާއި ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ނަސީރު ވިދާޅުވީ ދިވެހިންގެ ހަޔާތުގައި ދިވެހިންގެ ހިތުގައި މާތްވެގެންވާ އިސްލާމްދީނުގެ މަގާމަކީ ކޮބާ ކަމާއި ދޭތެރޭ ސުވާލު އުފައްދަވާފަ އެވެ. ދިވެހިންގެ ތާރީހުގައި ކަންތައްތަކަށް ބަލާލީމާ އެކަން ވަރަށް ބޮޑަށް ސާފުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ދިވެހިންގެ ދިރިއުޅުމުގައި އަދި ވިސްނުމުައި މާތްވެގެންވާ އިސްލާމްދީނަށް ޒަމާނުއްސުރެ ރޫހާނީ އިސްކަމެއް ދެއްވިކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.

”ފަހަރެއްގައި އަޅުގަނޑު މި އިޝާރާތްކުރަނީ ދީނީ ގޮތުން ނުވަތަ ފިކުރީ ގޮތުން ކަން އޮތް ގޮތުގެ މައްޗަކަށް ނޫން. އެއީ އަޅުގަނޑުގެ ދާއިރާ. އެހެން ނަމަވެސް ދިވެހިން ކަންކަމުގައި މާނަކޮށްފައި އޮތް ގޮތުން އަމަލުކޮށްފައި ހުރި ގޮތުން ފެންނަ ކަންކަން، އާދެ. އެހެން ދަންނަވާއިރު، ވިސްނާލާއިރު އަޅުގަނޑަށް ދެންނެވެން އޮތީ ދިވެހިންގެ ދިރިއުޅުމުގައި އެންމެ އުސް ކުރިބޯށްޓަކީ މާތްވެގެންވާ އިސްލާމްދީން. ދިވެހިންގެ ވިސްނުމުގައި އެންމެ އިސްކަމެއް ދެވޭ ކަމަކީ މާތްވެގެންވާ އިސްލާމްދީން“

މި މޭރުމުން ވާހަކަދައްކަވަމުން އާދަމް ނަސީރު ވަނީ ރާއްޖޭގެ ތާރީޙަށް ބަލާއިރު، ރާއްޖޭގައި އިލްމުވެރިކަމެއް ލިޔެވިފައިވާ ފޮތްތެރިކަމެއް، ފެންނާން އޮތީ ރާއްޖެ އިސްލާމުވުމަށްފަހު ކަމުގައި ވިދާޅުވެފަ އެވެ. އަދި ދިވެހިންނަށް އިސްލާމްދީންގެ ނޫރު ލިބުމަކީ ނަސީބެއް ކަންވެސް ފާހަގަކުރެއްވި އެވެ.

އިހުގައި ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަތަކާއި އިސްލާމް ދީނާއި ގުޅިފައިވާ މިންވަރުވެސް ވަޒީރު ވަނީ މިސާލުތަކުން ފާހަގަކުރައްވާފަ އެވެ.

”ދިވެހި ފިލާ ހެދުމަށް މޫ ކަނޑާ އިރު، ގިބްލައާއި ދިމާއަށް ދުވެފައި ހުންނަ މޫ ކަނޑައިގެން، ގެއެއް އަޅާ އިރު، އެނދު އަށި ހަދަނީ ގިބްލައާއި ދިމާއަށް، އަދި މިސްކިތް އިމާރަތްކުރާއިރު،ވެސް ތަފާތު ކަންތައްތައް ހުރޭ، މިސްކިތް ހުންނަނީ ވަރަށް އުހުގައި“

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ. ދިވެހި ދައުލަތުން އިސްލާމްދީން ގަބޫލުކުރީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރުމަހުގައި ކަމަށް ދައުލަތުގެ ތާރީހީ ލިޔެކިޔުންތަކުން ދައްކަ އެވެ. ރާއްޖެ އިސްމާލްވީ ފަހުން މިހާރު 800 އެތައް އަހަރެއް ވެފައި ވެއެވެ.

މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ