ކުޅިވަރު ފުރުސަތުތައް އިތުރުކުރުމަށް ސައުދީއާއެކު އެއްބަސްވުމަކަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުޅިވަރު ދާއިރާއިން ހުރި ފުރުސަތުތައް އިތުރަށް ތަރައްގީ ކުރުމަށް ސައުދި އަރަބިއްޔާއާއެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. ސައުދީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު ޕްރިންސް އަބްދުލް އަޒީޒް ބިން ތުރުކީ އަލް ފައިސަލް އެވެ.

މި އެއްބަސްވުމުގައި ދެ ގައުމުގެ ފަރާޓުން ސޮއިކޮށްފައިވަނީ ސައުދި އަރަބިއްޔާގެ ރިޔާދުގަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ސައުދީގެ ކުޅިވަރާ ބެހޭ ބޮޑީތަކާއެކު ކޯޑިނޭޓްކުރުމުގެ އިތުރުން ކުޅިވަރާ ގުޅޭ އެކި ކަންކަމުގައި ސައުދީން އެއްބާރުލުން ދޭނެ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ސައުދީ ސަރުކާރާއެކު ރާއްޖެއިން ވަނީ އިތުރު އެއްބަސްވުމެއްގައިވެސް ސޮއިކޮށްފަ އެވެ. އެއީ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށްޓަކައި ސޮއި ކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާ ކުރެވި ބޯޑަރު ހުރަސްކޮށް ކުރެވޭ ފޮރިން އިންވެސްޓްމެންޓްތައް އިތުރަށް ފުޅާ ކުރުމަށް މަގު ފަހި ވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން ވިޔަފާރިއާއި ފަތުރުވެރިކަމާއި އިމާރާތް ކުރުން ފަދަ މުހިންމު ދާއިރާތަކުން ދެގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް މިނިސްޓްރީން ބުނެ އެވެ.

ރާއްޖެ - ސައުދީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ސައުދީ އަރަބިއްޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ