ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފުލުހުންގެ އޮންލައިން ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.
ފުލުހުން މިއަދު ހަވީރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފުލުހުންގެ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އިންޓަނެޓް މެދުވެރިކޮށް ދެމުން އައި ޚިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ހިދުމަތްތަކަށް ބުރޫ އެރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އެ ހިދުމަތުން ވަނީ މާފަށް އެދިފަ އެވެ.