ގެވެށިއަނިޔާ އަކީ ވެސް އަނިޔާާއެއް، އެއީ ދީނުގައި ހަރާމް ކުރެވިފައިވާ ކަމެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ގެވެށިއަނިޔާ އަކީ ވެސް އަނިޔާާއެއް ކަމަށާއި، އެއީ ދީނުގައި ބޮޑުވެގެން ހަރާމް ކުރެވިފައިވާ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނެފައިވަނީ، ގެވެށިއަނިޔާގެ ރޯގާ މި މުޖުތަމައުގައި ވަކިހިއްޕަމުން ދަނީ ބައްޕައާއި ދަރީންނާ ދެމެދުގައި، ނުވަތަ މަންމައާއި ދަރީންނާ ދެމެދުގައި ނުވަތަ ފިރިމީހާއާއި އަނބިމީހާއާ ނުވަތަ އަނބިމީހާއާއި ފިރިމީހާއާ ދެމެދުގައި ބަދަލުކުރެވޭ ހަރުކަށި މުޢާމަލާތުތަކުގެ ސަބަބުން ކަމަށެވެ.

ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ، އޭނާގެ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫންކަމަށާއި، އެއީ އޭނާއަށް ލިބޭ އިހާނެތިކަމެއް ވެސް ނޫންކަމަށެވެ. އަދި ފިރިމީހާގެ ފިރިހެންވަންތަކަން އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގެ މަތީގައި ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނެފައިވަނީ، ގެވެށިއަނިޔާގެ ސަބަބުން، އިޖުތިމާޢީ ފޭރާން ހަލާކުވެ، މުޖުތަމަޢު ވިއްސިވިހާލިވާ ތަން ބަލާން ތިބެގެންނެއް ނުވާނެ ކަަމަށާއި، އެ ކަމުގެ ސަބަބުން މުޖުތަމަޢުގެ އެކުވެރިކަމާއި، އެއްބާރުލުން ނެތިގެންދިޔުމާ މެދު ވިސްނައި ފިޔަވަޅު އަޅާން ޖެހޭނެ ކަމަށެވެ.

މި ކަމުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި އަރައިރުންތައް އުފެދި، ހަރުކަށި ޢަމަލުތައް އިތުރުވަމުން ދާ ކަމަށާއި، ގެވެށިއަނިޔާތައް އިތުރުވެ އޭގެ ދާއިރާތައް ފުޅައުވެގެން ގޮސް އެކަންތައް ވަނީ، އަތް ނުފޯރާފަށަށް އުފުލިގެން ކަމަށެވެ.

އެގޮތުން، ހުތުބާގައި ވަނީ، ގެވެށިއަނިޔާގެ ހުރިހައި ބާވަތަކުން ދުރުހެލިވުމަށް، އެންމެތަކުންނަށް ގޮވައިލައި ނަސޭހަތްތެރިވެފަ އެވެ.

ހުކުރު ހުތުބާ ގެވެށި އަނިޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ