ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކާއި ޑެޕިއުޓީ މިނިސްޓަރަކު އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފި އެވެ.
އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފައިވަނީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފާއި ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ނަމްޒާ އެވެ.
ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ބަދަލުކުރެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ނަމްޒާ ބަދަލު ކުރެއްވީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.
މި ބަދަލުތައް ގެނެސްފައިވަނީ ސީދާ ކޮން ސަބަބަކާ ގުޅިގެންކަމެއް ނޭނގެ އެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި މިއީ ސަރުކާރު ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގެނެސްފައިވާ އިންޓާނަލް ބަދަލެކެވެ.
ސަރުކާރުން ފަހަކަށް އައިސް ވަނީ އެކި މިނިސްޓްރީތަކަށާއި ސަރުކާރު ކުންފުނިތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ. މި ބަދަލުތައް ގެންނަނީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށާއި ހަރަދުތައް ކުޑަކުރުމަށްކަމަށް ސަރުކާރުން ބުނެ އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް