ޔޫނިނަން ރަޖިސްޓްރީ ކުރުމަށް ނަގާ ފީތައް ކުޑަކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔޫނިއަން ރަޖިސްޓްރީ ކުރުމަށް މީގެ ކުރިން ދައްކަން އޮތް ފީ ކުޑަކޮށް، ގަވައިދު އިސްލާހުކޮށްފި އެވެ.

ނިމިދިޔަ 19 ވަނަ މަޖިލީހުގައި ފާސް ކުރި އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނުގެ ދަށުން ޔޫނިއަން އުފެއްދުމުގެ ހުއްދަ ދީފައި ވާއިރު، އެކަމަށް ހާއްސަކޮށްގެން މިދިޔަ ޖުލައި މަހު އެންމެ ފުރަތަމަ ހެދި ގަވައިދުގެ ދަށުން ޔޫނިއަން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނަގަން އޮތީ 5،000 ރުފިޔާ އެވެ.

އެ ފީއަކީ ބޮޑު ފީއެއް ކަމަށްބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން، މި ކަންބޮޑުވުންތަކަށް ހައްލު ގެނެސްފައި ވަނީ، ‘ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގަވައިދަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ގެނައި އިސްލާހުގެ ދަށުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިސްލާހު އިއްޔެ ގެޒެޓްގައި ވަނީ ޝާއިރުކޮށްފަ އެވެ. މި އިސްލާހުގެ ދަށުން އެންމެ ބޮޑު ބަދަލަކަށް އޮތީ ޔޫނިއަން ރަޖިސްޓްރީ ކުރުމުގެ ފީތައް ކުޑަ ކުރުމެެވެ.

އެގޮތުން:

  • މަސައްކަތްތެރިންގެ ވޯކް ޕްލޭސް ޔޫނިއަންއަކަށް ދެން ނަގާނީ 500ރ. އަދި މަސައްކަތްތެރިންގެ އިންޑަސްޓްރީ ޔޫނިއަންއަކަށް 1،000ރ
  • ވަޒީފާ ދޭ ފަރާތްތަކުގެ ޔޫނިއަންތަކަށް 1،500ރ
  • ދެ ޔޫނިއަން ނުވަތަ އެއަށް ވުރެ ގިނަ ޔޫނިއަން އެއްކޮލުމަށް 1،000ރ
  • މަސައްކަތްތެރިންގެ ފެޑްރޭޝަނަކަށް 2،500ރ. މީގެ ކުރިން ދައްކަން އޮތީ 10،000ރ
  • ވަޒީފާ ދޭ ފަރާތުގެ ފެޑްރޭޝަނަކަށް 2،500ރ
  • ނޭޝަނަލް ޔޫނިއަން ސެންޓަރަކަށް 5،000ރ
  • ނޭޝަނަލް އެޕްލޯޔާސް ޔޫނިއަންއަކަށް 5،000ރ
ފެޑްރޭޝަންތަކުގެ ރަޖިސްޓްރީ ފީއަކަށް މީގެ ކުރިން އޮތީ 10،000 ރުފިޔާ އެވެ. މީގެ އިތުރުން، ނޭޝަނަލް ޔޫނިއަން ސެންޓަރު އަދި ނޭޝަނަލް އެޕްލޯޔާސް ޔޫނިއަން ރަޖިސްޓްރޭޝަން ފީއަކަށް ކުރިން އޮތީ 15،000 ރުފިޔާ އެވެ.

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ