އޮޕަރޭޝަން ހިރާސްގެ ދަށުން މިހާތަނަށް ކެމިކަލް ހުރި 402 ތަނެއް ބަލާ ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހިންގަމުންދާ “އޮޕަރޭޝަން ހިރާސް” ގެ ދަށުން މިހާތަނަށް ކެމިކަލް ހުރި 402 ތަނެއް ބަލާ ފާސްކޮށްފި އެވެ.

އެމްއެންޑީއެފް އިން މިއަދު އެކްސްގައި ކުރި ޓްވީޓެއްގައި ވަނީ ނުރައްކާތައްކާތެރި ކެމިކަލާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ކެމިކަލް ރައްކާ ކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހުރިތޯ ބެލުމަށް ހިންގާ “އޮޕަރޭޝަން ހިރާސް ފާސް” ގެ އަދާހަމަ މަޢުލޫމާތު ހާމަކޮށްފަ އެވެ.

މި އޮޕަރޭޝަންގެ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި، އިންސްޕެކްޝަން ޓީމްތަކުން ވަނީ މީހުން ދިރިއުޅޭ 347 އިމާރާތާއި، ނުރައްކާތެރި ކެމިކަލް ގުދަންކުރާ 31 ގުދަން ބަލާ ފާސްކޮށްފަ އެވެ. މީގެ އިތުރުން، ކެމިކަލް ވިއްކާ 24 ފިހާރަ ބަލައި މަޢުލޫމާތު އެއްކޮށްފައިވެ އެވެ.

އޮކްޓޯބަރ މަހުގެ 1 އިން 15 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަންގައި ކެމިކަލް ރައްކާ ކުރާ ތަންތަނާއި ވިޔަފާރި ކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ގްރޭޓަރ މާލެ އޭރިއާގައި ފަސޭހައިން އަލިފާން ރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް މި އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.

މި އޮޕަރޭޝަނުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބައިވެރިވާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައި ވެއެވެ.

އޮޕަރޭޝަން ހިރާސްގެ މައިގަނޑު މަޤްޞަދަކީ ނުރައްކާތެރި ކެމިކަލާ ބެހޭ ގަވާއިދުތަކަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމާއި، ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުމެވެ. މި އޮޕަރޭޝަންގެ ސަބަބުން ރާއްޖޭގެ އާންމު ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ.

އެމްއެންޑީއެފް މިނިސްޓްރީ އޮފް ޑިފެންސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ