ހުޅުމާލޭގައި ކުނި ޓްރާންސްފަރ ފެސިލިޓީއެއް އެޅުމަށް ޓަކައި ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައި ތިން ފަރާތަކުން މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، މިނިސްޓްރީ އޮފް ފިނޭންސް، އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.
މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭވުޒާރާގައި ބޭއްވުނު ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، ޠާރިޤު އިބްރާހިމް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް، އަހުމަދު މާޒިން، އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.
މި މަޝްރޫއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ވޭސްޓް މެނޭޖްމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓްގެ ބައެކެވެ.
މި މަޝްރޫއުގެ ދަށުން، އެޗްޑީސީން ކުނި ބެލެހެއްޓުމަށް އެއް ހެކްޓަރުގެ ބިމެއް ކުއްޔަށް ދޫކުރުމަށް ވަނީ އެއްބަސްވެފަ އެވެ. 13 މިލިއަން ޑޮލަރުގެ އަގުހުރި މި މަޝްރޫއުގެ ދަށުން ގާއިމްކުރާ ކުނި ބަދަލުކުރާ މަރުކަޒުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ ޑިޒައިން ފޭސް ނިމުމަށްފަހު 18 މަސް ދުވަހުގެ ތެރޭގަ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތު ދެއްވިގޮތުގައި މި މަޝްރޫއަކީ ސަރުކާރުގެ “މަގޭ ސާފު ރާއްޖެ” ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މި މަޝްރޫއުގެ ސަބަބުން ހުޅުމާލޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓްރީ އޮފް ފިނޭންސް