ކުރީގެ ރައީސް ނާސިރުގެ ބޮޑުބޭބޭފުޅު އަބްދުލް މަޖީދު މާހިރުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ބޮޑުބޭބޭފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަރްހޫމް އަބްދުލް މަޖީދު މާހިރުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ އިސް ރަށްވެހީންގެ ތެރެއިން ނުހަނު ގަދަރުވެރި، ހިދުމަތްތެރި، ތަޖުރިބާކާރު ހަރުދަނާ ޝަހްސިއްޔަތެއް ކަމުގައިވާ ޢަބްދުލްމަޖީދު މާހިރު އަވަހާރަވި ހަބަރު އަޅުގަނޑު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ.

މަރުޙޫމް ޢަބްދުލްމަޖީދު މާހިރަކީ، މާލޭ މުނިސިޕަލް ކައުންސިލްގެ ރައީސްކަމުގެ އިތުރަށް، ސަރުކާރުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މަރްޙޫމު މާހިރަކީ ދިވެހި ބޭސްވެރި ހަކީމެކެވެ. އޭނާ ވަނީ އެ ރޮނގުން ބައެއް ފޮތްތައްވެސް ލިޔުއްވާފަ އެވެ. މަރްހޫމް މާޖިދަކީ ދިވެހި ތާރީހާއި އާދަކާދައިގެ އެތައް މައުލޫމާތެއް މިއަދުގެ ޖީލަށް އޮޅުންފިލުއްވައިދެއްވި އުސްތާޒެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

”ގައުމަށް ހިދުމަތްތެރި އިލްމީ ގާބިލް ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެއް“

މީގެ އިތުރަށްވެސް، އަބްދުލް މަޖީދު މާހިރު ވަނީ ނާސިރުގެ ވެރިކަމުގައި މަހްކަމަތުލް އަމަން އާންމުގެ ވެރިޔާގެ ނައިބުގެ މަގާމް ފުރުއްވާފަ އެވެ. އަދި ތާރީހު ދިރާސާ ކުރާ މުއައްރިހެއްވެސް މެ އެވެ.

މަރްހޫމް އަބްދުލް މަޖީދު މާހިރު އަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްއާއި އިނގިރޭސިވިލާތަށް ނިމިދިޔަ ވެރިކަމުގައި ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ފަރަހަނާޒް ފައިސަލްގެ ބައްޕާފުޅެވެ.

 

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރްހޫމް އަބްދުލް މަޖީދު މާހިރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ