ތައުލީމު ހާސިލުކުރުމަށް ރާއްޖެއްޖެއިން ބޭރަށް ފުރާ ދަރިވަރުން، އެ ޤައުމެއްގައި ހުންނަ ރާއްޖއްޖޭގެ އެންބަސީގައި ރަޖިސްޓްރީވުމަށް ހާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
މިކަމަށް އިލްތިމާސްކުރެއްވީ ހާރިޖީ ވުޒާރާގެ ބައިލެޓަރަލް، ޑރ. ހާލ. ހާލާ ހަމީދެވެ.
ޑރ. ހާލާ މިހެން ވިދާޅުވީ، މިއަދު ބޭއްވުނު ހަފްލާއެއްގަ އެވެ. މި ހަފްލާއަކީ ތުރުކީއިން ދިވެހި ދަރިވަރުންނަށް ލިބިފައިވާ ސްކޮލަޝިޕްތަކުގައި ކިޔެވުމަށް ފުރުޞަތު ލިބިފައިވާ ދަރިވަރުންނަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއިން ބޭއްވި ހަފްލާއެކެވެ.
ޑރ. ހާލާ ވިދާޅުވި ގޮތުގައި، ތައުލީމު ހާސިލުކުރުމަށް ފުރާ ދަރިވަރުން އެންބަސީގައި ރަޖިސްޓްރީވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ރަޖިސްޓްރީވުމުން، ދިމާވާ ކަންކަމުގައި އެންބަސީއިން ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މުއާމަލާތްކުރުން ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، ޑރ. ހާލާ ފާހަގަކުރެއްވި ގޮތުގައި، ދިވެހި ދަރިވަރުންނަށް ލިބުނު ތުރުކީ ސްކޮލަޝިޕްގެ ފުރުޞަތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ކާމިޔާބީއެކެވެ. އަދި ޑރ. ހާލާ އިތުރަށް ވިދާޅުވި ގޮތުގައި، ސްކޮލަޝިޕްގައި ތުރުކީވިލާތުގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާއިރު، އެ ޤައުމުގެ އާދަކާދައާއި ސަޤާފަތްތަކަށް އަހުލުވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.