ފ. މަގޫދޫ އެއާޕޯޓްއާ ގުޅޭގޮތުން ރީޖަނަލް އެއާޕޯޓްސް އިން އެ ރަށު ކައުންސިލާއެކު ބައްދަލުވުމެއް ބާއްވައިފި އެވެ.
މިއަދު ބޭއްވިި މި ބައްދަލުވުމުގައި ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މުބީންއަކީ މީގެކުރިން ފ. ބިލެތްދޫ ދާއިރާގެ މެމްބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.
ރީޖަނަލް އެއާޕޯޓްސް އިން މައުލޫމާތުދޭ ގޮތުގައި މި ބައްދަލުކުރުމުގައި އެއަރޕޯޓް މަޝްރޫޢުގެ މުހިންމު ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުނެ އެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވުނީ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
ފ. މަގޫދޫގައި ތަރައްޤީކުރާ އެއާޕޯޓް ހިންގުން ސަރުކާރުން ހަވާލުކޮށްފައިވަނީ ރީޖަނަލް އެއާޕޯޓްސްއާ އެވެ.
އެމްޓީސީސީން ހަދަމުން އަންނަ މަގޫދޫ އެއާޕޯޓަކީ މިހާތަނަށް ހަދާ އެންމެ އަގުބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓެވެ. އެ އެއާޕޯޓު ހެދުމަށް 252 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
މަގޫދޫ އެއާޕޯޓް ހަދަނީ 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު، ޕްރައިވެޓް ޖެޓްތައް ވެސް ޖެއްސޭ ގޮތަށެވެ. އެ އެއާޕޯޓުގައި ޖެޓުތައް ޕާކު ކުރެވޭނެ ސަރަހައްދަކާއި ފިއުލް ފާމަކާއި ވީއައިޕީ ލައުންޖެއް އަދި ސިޓީ ހޮޓަލެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.
ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް)