އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މި މަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅާނެ: ފިނޭންސް

Advertisement

Advertisement

އެންމެ ފަސް

Advertisement

2025 ވަނަ އަހަރަށް ލަފާކުރެވޭ ދައުލަތުގެ ބަޖެޓް މި މަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރީން ބުނެފި އެވެ.

ޕަބްލިކް ފައިނޭންސްގެ ގާނޫނުގައިވާ ގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ކުރިން ފިނޭންސް މިނިސްޓްރީން ބަޖެޓް ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. މިގޮތުން، 2025 ވަނަ އަހަރުގެ ބަޖެޓް އޮކްޓޫބަރު މަހުގެ ނިޔަލަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި، ކުރިއަށް އޮތް އަހަރަށް ދައުލަތުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ރައީސް އޮފީހާއި އެހެން މިނިސްޓްރީތަކާ ގުޅިގެން ނެވެ. ހުށަހަޅާ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކާއި އަންނަ އަހަރު ފެށުމަށް ރާވާފައިވާ އެހެނިހެން މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ހިމަނާނެކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އެހެންނަމަވެސް، 2025 ވަނަ އަހަރަށް ލަފާކުރެވޭ ބަޖެޓުގެ އަދަދު އަދި މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

2024 ވަނަ އަހަރަށް ލަފަކޮށް، 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ސަރުކާރުން ފާހަގަކޮށްފައިވާ ގޮތުގައި، މިހާރުގެ ބަޖެޓް ކަނޑައެޅިފައިވާ ގޮތުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެ އެވެ. ހާއްސަކޮށް ބޮޑެތި އިންފްރާސްޓްރަކްޗާގެ މަޝްރޫއުތަކަށް އެކަށީގެންވާ އަދަދެއް ކަނޑައަޅާފައި ނުވާކަން ސަރުކާރުން ފާހަގަކޮށްފައިވެ އެވެ.

މި ކަންކަމަށް ރިއާޔަތްކޮށް، ފިނޭންސް މިނިސްޓްރީން ވަނީ 2025 ވަނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި މަޝްރޫއުތަކަށް އެކަށީގެންވާ ފައިސާއެއް ހިމަނާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. މިކަމުން އަންނަ އަހަރު ތަރައްގީގެ މަޝްރޫއުތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް އުންމީދު ކުރެ ވެއެވެ.

މިނިސްޓްރީ އޮފް ފިނޭންސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ