ވާނުވާ ބަންދު މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ކްރިމިނަލް ކޯޓަށް ވަޑައިގެންފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕީޖީ އައްބާސް އާއި އެ ކޯޓުގެ އިސް ފަނޑިޔާރު އާދަމް މުހައްމަދު އުފެއްދުންތެރި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި މައްސަލަތައް ނުނިމި ގިނަވެގެން ދިޔުން މަދު ކުރުމަށާއި މިހާރު ބަންދުގައި ތިބި މީހުންގެ ޝަރުއީ މަރުހަލާ އަވަސް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔަކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ހާގައިގެ ދަތިކަމުގެ މައްސަލައަށްވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން އަލިއަޅުއްވާލެއްވިކަމަށް އެ ކޯޓުން މައުލޫމާތުދެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ވާނުވާ ބަންދު ހުއްޓުވުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މީގެ ކުރިންވެސް ދީފަ އެވެ. އެހެންކަމުން ބަންދުގައި ތިބި މީހުންގެ ޝަރުއީ މަރުހަލާ އަވަސް ކުރުމަށް އަލަށް ހުވާ ކުރެއްވި ޕީޖީ މަސައްކަތް ކުރައްވަން ފެއްޓުމަކީ މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރާކަމުގެ ހެއްކެކެވެ.
ކްރިމިނަލް ކޯޓު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)