އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އިން ފުރަތަމަ ފަހަރަށް އަންހެނުންގެ ހާލަތު ބަލަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލޭގެ އަންހެނުންގެ ހާލަތު ބަލަން އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން ނިންމައިފި އެވެ.

އަންހެނުންގެ ކޮމެޓީން މިކަން އިއުލާންކުރީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ނެރުނު ނޫސް ބަޔާނެއްގަ އެވެ.

މި ނޫސް ބަޔާނުގައި ވަނީ ”އަންހެނުންގެ ހާލަތު މިއަދަށް ވުރެ މާދަމާ ރަނގަޅުވުން“ ޕްރޮގްރާމްގެ ދަށުން ރައްޔިތުންގެ ހާލަތު ދެނެގަތުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

މި ހަރަކާތުގެ މަގްސަދަކީ އާމްދަނީ ހޯދުމާއި އަންހެނުންގެ ތަރައްގީ އަށް އެކިއެކި ހަރަކާތް ހިންގުމަށާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާއި ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ފަސޭހަވާނެހެން މައުލޫމާތު އެއްކުރުން ކަމަށް އެ ކޮމިޓީން ބުންޏެވެ.

މަތީ ތައުލީމު ހާސިލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމާއި މަތީ ތައުލީމު ހާސިލުކުރުމަށް ފަހު، ވަޒީފާތަކަށް ނުގޮސް ތިބޭ އަންހެނުން ދެނެގަތުމާއި އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަކީ ވެސް މި ހަރަކާތް ކުރިއަށް ގެންދާ މަގްސަދުތަކެވެ.

އެ ކޮމިޓީން ބުނި ގޮތުގައި މި މަސައްކަތް ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. ކޮންމެ ހަފުތާއެއްގެ ހޮނިހިރު، އާދިއްތަ އަދި ބުދަ ދުވަހު ދެ ދަންފަޅިއަކަށް ބަހާލައިގެން އެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެ ކޮމިޓީން ބުނީ އަންހެނުންގެ ހާލަތު ބެލުމުގެ މަސައްކަތް މާލޭގެ 18 ދާއިރާގައި ހަ މަސް ދުވަހަށް ބަހާލައިގެން ކުރިއަށް ދާނެ ކަމަށެވެ.

އަންހެނުންގެ ކޮމިޓީން ބުނީ މި މަސައްކަތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްވެސް އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މި މަސައްކަތް ކޮންމެ ހަފްތާއެއްގެ ހޮނިހިރު، އާދީއްތަ އަދި ބުދަ ދުވަހުގެ ދެ ދަންފަޅީގައި އޮންނާނެ ކަމަށް ބުނެފައި ވެއެވެ.

”މި މަސައްކަތުގައި މާލެ ސިޓީގައި ހިމެނޭ 18 ދާއިރާ، 6 މަސް ދުވަހަށް ބަހާލައިގެން، ފަަހަރަކު ދާއިރާއެއް ނިންމަމުންގޮސް، ހުރިހާ ދާއިރާއަކަށް އަންހެނުންގެ ކޮމެޓީ ބޭފުޅުން ޒިޔާރަތް ކުރާގޮތަށް ވަނީ ހަމަޖެހިފަ“

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) މާލެ ސިޓީ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ