މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުވެފައިވަނީ ރައީސްގެ މިންނެތް މަސައްކަތްޕުޅުން: މިނިސްޓަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ތައުލީމަށް ދެއްވާ އިސްކަމުގެ ތެރެއިން އެމަނިކުފާނުގެ މިންނެތް މަސައްކަތްޕުޅުންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތަކީ ތުރުކީއިން ރާއްޖެއއަށް ފަހިކޮށްދީފައިވާ ސްކޮލަޝިޕްގެ ފުރުސަތުގައި މިހާތަނަށް ހޮވުނު 14 ދަރިވަރުންނަށް ބޭއްވުނު ރަސްމިއްޔާތެކެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވި ގޮތުގައި، ރައީސް މުޢިއްޒު ރިޔާސަތާ ޙަވާލުވެ ވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދިވެހިންނަށް އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށް ސްކޮލަރޝިޕްތަކުގެ ފުރުޞަތު ހޯއްދަވައި ދެއްވައި، ތުރުކީ އާއި ރާއްޖާއްޖެއާ ދެމެދުގެ ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ދަރިވަރުންނަށް، ތަޢުލީމީ އިތުރު ފުރުޞަތުތަކަށް މަގުފަހިކޮށްދެއްވާފައިވެ އެވެ.

”މި ފުރުޞަތު ތަނަވަސްކޮށްދެއްވުމުގައި އިސްނެންގެވި އެންމެހާ ފަރާތްތަކަށް އަޅުގަނޑުގެ އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒަށް ޚާއްޞަ ޝުކުރެއް އަރިސްކުރަން،“ މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި، މި ސްކޮލަރޝިޕްތައް ޙަޤީޤަތަކަށް ވެގެން ދަނީ ރައީސް މުޢިއްޒުގެ ހިތްވަރުފުޅާއި މަސައްކަތްޕުޅުގެ ސަބަބުން ނެވެ.

މި ކަމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ ޝާމިލުވުން ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ، ސްރީލަންކާގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ، ތުރުކީގެ ހަޔަރ އެޑިޔުކޭޝަން ކައުންސިލް، އަދި އެ ޤައުމުގެ މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ޓޫރިޒަމްގެ އެކި ފަރާތްތައް ހިމެނެ އެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 14 ދިވެހި ދަރިވަރުންނަށް ތުރުކީގައި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިފައިވާކަން ފާހަގަކުރެވެ އެވެ. މިއީ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމަށް ލިބުނު މުހިންމު ފުރުޞަތެއްކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވި އެވެ.

މިނިސްޓަރ މާރިޔާ އިތުރަށް ވިދާޅުވި ގޮތުގައި، މި ފުރުޞަތުގެ ސަބަބުން ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެވެ. އަދި މީގެ ސަބަބުން ދިވެހި ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެެންވަރުގެ ތަޢުލީމެއް ހާސިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

”މި ފުރުޞަތުތަކަކީ ހަމައެކަނި ތަޢުލީމީ ފުރުޞަތުތަކެއް ނޫން. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ސަގާފީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ވެސް ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުޞަތެއް،“ މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވި ދަރިވަރުންނާ ވާހަކަދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، މި ފުރުޞަތު ބޭނުންކޮށްގެން ވީހާވެސް ރަނގަޅަށް ކިޔެވުމަށް މަސައްކަތްކުރުމަށެވެ. އަދި ތަޢުލީމު ހާސިލުކޮށް ނިމުމަށްފަހު ޤައުމަށް ޚިދުމަތްކުރުމަށް ވެސް އެ ދަރިވަރުންނަށް އިލްތިމާސްކުރެއްވި އެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ތަނުގައި އިތުރު ދަރިވަރުންނަށް ފުރުޞަތު ލިބިގެންދާނެކަމަށް އުންމީދުކުރެވޭ ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ. އަދި މިފަދަ ފުރުޞަތުތައް އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މި ޙަފްލާގައި ސްކޮލަރޝިޕް ލިބުނު ދަރިވަރުންގެ އިތުރުން، އެ ދަރިވަރުންގެ ބެލެނިވެރިންނާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރާއްޖެ - ތުރުކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ